ދިވެހިރާއްޖެ
އިޢުލާން
މިހާރަކަށްއައިސް ބައެއް ފަރާތްތަކުން ޓީޖެޓީއަށް މުދާ އަރުވާ ބޭލުމަށްފަހު އެސަރަހައްދުގައި ދޯނި ބާއްވާކަން ވަނީ މިއިދާރާއަށް ފާހަގަ ކުރެވިފައެވެ. ވީމާ ޓީޖެޓީ ސަރަހައްދުން މުދާ އަރުވާ ބޭލުމަށްފަހު އެސަރަހައްދުން ދޯނި ނުވަތަ އުޅަނދު ނެގުމަށް ޓީޖެޓީ ބޭނުންކުރާ އެންމެހައި ފަރާތްތަކަށް އަންގަމެވެ. އަދި ހުރިހައި ފަރާތްތަކުންވެސް ބަނދަރާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދާއި އުޞޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގަމެވެ.
އަދި ދަންނަވަމެވެ. މިހާރު ކުޑަހުވަދޫގެ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށްދާތީ، ބަނދަރު ބޭނުންކުރާ ފަރާތްތަކުން އުޅަނދުފަހަރު މިހާރު އަޅާފައިއޮތް ތަންނޫން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިގޮތަށް މަސައްކަތް ކުރަމުންދާއިރު މިހާރު ބަނދަރު ބޭނުންކުރުމުގެ އުޞޫލުގައި، ބަނދަރުގެ އެކި ސަރަހައްދުތަކަށް ދެވިފައިވާ ކުލަތަކާއި އެއްގޮތް ނުވާގޮތަށް އޮޑިދޯނިފަހަރު އަޅާފައި ބާއްވަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިގޮތަށް އަންނަބަދަލުތަށް އަޑުގަދަކުރާއިން ނުވަތަ އޮޑިދޯނިފަހަރުގެ ވެރިންނަށް ނުވަތަ ބޭނުންކުރާ ފަރާތްތަކަށް ގުޅައި ކައުންސިލުން އަންގަމުންދާނެ ވާހަކަ ދަންނަވަމެވެ. ވީމާ، ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާއިރު ދިމާވާ ދަތިތަކަށް ސަމާލުވެ، ކައުންސިލުން އަންގާ އެންގުންތަކަށް ފުރިހަމައަށް އިޖާބަދީ، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރިހައި ބޭފުޅުންވެސް އެއްބާރުލުން ދެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.