މަސައްކަތް
ނަންބަރު: (IUL)285-ESD/285/2025/51
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 21:52
ސުންގަޑި: 30 ޖޫން 2025 00:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހެނބަދޫގައި މަސްމާރުކޭޓެއް ތަރައްޤީކުރުމާއި ގުޅޭ

އިޢުލާން

ނ.ހެނބަދޫގައި މަސްމާރުކޭޓެއް ތަރައްޤީކުރުމާއި ގުޅޭ

 

                    ހެނބަދޫ ކައުންސިލް އިދާރާގެ ނަންބަރު (IUL)285-ESD/285/2025/40.  އާއި ގުޅިގެން ހެނބަދޫގައި މަސްމާރުކޭޓެއް ޤާއިމްކުރުމަށްޓަކައި ބިން ދޫކުރުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާ ވަރަށް ބީލަން ހުށަހަޅާފައިނުވާތީ، އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ. ވީމާ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮއްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއެކު އާއްމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑް ރަޖިސްޓްރީކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

24 ޖޫން 2025 އިން 30 ޖޫން 2025 ގެ 14:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން

01 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި

ބީލަން ހުށަހެޅުން   އަދި ބީލަން ހުޅުވުން

07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި

 

          މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ، އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިއިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

                               28 ޛުލްޙިއްޖާ 1446

24 ޖޫން 2025