ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
|
މަޤާމު: |
ސްޕަރވައިޒަރ |
|
ބޭނުންވާ ޢަދަދު |
1 |
|
ާވަަޒީފާގެ ބާވަތް |
ކޮންޓްރެކްޓް 01 އަހަރު )ފުރަތަމަ 03 މަސް ޕްރޮބޭޝަން( |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ވެއަރހައުސް/ ޕްރޮޑަކްޝަން ޑިޕާރޓްމަންޓް/ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް |
|
އަސާސީ މުސާރަ: |
5200.00 ރުފިޔާ |
|
އިތުރު ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް: 3100.00 ރުފިޔާ (ބޭސިކް މުސާރައިގެ %60) - މިނިމަމް ވޭޖް އެލަވަންސް: 2184.000 ރުފިޔާ ( ބޭސިކް މުސާރައިގެ %42) |
|
އިތުރު ޢިނާޔަތްތައް: |
- އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
ޝަރުޠު: |
- މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއިއެކު ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. - އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން. |
|
މަޤާމްގެ މަސްއޫލިއްޔަތުތައް |
- ދުވަހުން ދުވަހަށް ވެއަރހައުސްގެ އޮޕަރޭޝަން ކުރިއަށްދާގޮތް ބެލެހެއްޓުން. - ވެއަރހައުސްގެ ލިޔެކިޔުންތައް ފުރިހަމަކުރުމާއި ފައިލްކޮށް ބެލެހެއްޓުން. |
|
އިންޓަރވިއުކުރުން: |
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. |
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން. - ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) - ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް) - ޕޮލިސް ރިޕޯރޓް |
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
- ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2025 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ. - މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
- ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.