ނީލަން
ނަންބަރު: (IUL)257/257/2025/54
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 30 ޖޫން 2025 10:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތް އަޅާ ބިމުގައި ހުރި ރުއްގަސް ނީލަން ކިޔުން

                         މިރަށުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ  މިސްކިތް އަޅާބިމުން ނަގާފައިހުރި ރުއްތަކުގެ ނީލަން ކިޔުން އެރުއްތަކުގެ ކައިރީގައި އޮށްނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ރުކެއް ވަކިންނެވެ. އަދި އެރުއްތަކުގައި 01 ން 75 އަށް ނަމްބަރު ޖަހާފައި ހުންނާނެއެވެ. ނީލަން ފެށޭ އަގަކީ ރުކެއް -/30 ރުފިޔާއަށެވެ. ނީލަމަށް އިތުރުކުރެވޭނީ-/5 ރުފިޔާއެވެ. އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. މިރުއްތަކުގެ ނީލަން ކިޔުން އޮންނާނީ 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 10:00 ން ފެށިގެންނެވެ. މިތަކެތި ނީލަމުން ނަންގަވާ ފަރާތްތަކުން 07 ދުވަހުގެތެރޭ ގައި އެބިމުން އެތަކެތި ގެންގޮސް ތަންސާފު ކުރައްވަން ވާނެއެވެ. ތަކެތި ނީލަމުން ނަންގަވާ ފަރާތުން ވަގުތުން އަގުއަދާ ކުރައްވަން ވާނެއެވެ. ނީލަމުން ނަންގަވާ ތަކެތި މުއްދަތުގައި ނުގެންދަވާނަމަ ހަމަޖެހިފައި އޮންނަ އުޞޫލުން އެތަކެތި ނައްތާލެވޭނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ ފައިސާ ދައްކަވާނީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށެވެ. ފައިސާ ޖަމާކުރާނެ އެކައުންޓްގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

އެކައުންޓް ނަން: 1294 ރެވެނިއު 1

އެކައުންޓް ނަމްބަރު: 7714700430001 އެވެ.

                        ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

      28 ޛުލްޙިއްޖާ 1446

24 ޖޫން 2025