ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގުމަށް ހަމަ ޖެހިފައިވާ ކޭކް ޑެކަރޭޝަން (ސީ4) ކޯހަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިންސްޓިއުޓުން ކޮށްފައިވާ އިޢުލާން ނަންބަރ (IUL)213-PR/213/2025/45 ގުޅޭ ގޮތުން ދަންނަވަމެވެ.
އިއުލާންގައި ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ބަޔާން ކުރެވިފައި ވަނީ ވަނީ ލިޔުމުގެ ކުށަކުން ކަމުގައި ދަންނަވެމެވެ. އަދި ، އެއިއުލާން ގުޅިގެން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ވީމާ، ބީލާމަށް ރަޖިސްޓްރީ ނުކުރެއްވި ނަމަވެސް، އަންދާސީ ހިސާބު ހުށައެޅުމަށް ހަމަ ޖެހިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށް ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިގަތުމަށް ހަމަ ޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.