ދިވެހިރާއްޖެ
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމަށް ބާއްވާ ޖަލްސާގެ ފަރިއްކޮޅޮއަދި ތަން ތައްޔާރުކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން އާ ގުޅޭ
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމަށް ބާއްވާ ޖަލްސާގެ ފަރިއްކޮޅު ތައްޔާރުކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)473-AP/473/2025/51 (19 ޖޫން 2025) އިޢުލާން އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމަށް ބާއްވާ ޖަލްސާގެ ތަން އަމިއްލަ ތަކެތީގައި ތައްޔާރުކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)473-AP/473/2025/52 ( 19 ޖޫން 2025 ) އިޢުލާން އާ ގުޅިގެން ދަންނަވަމެވެ.
ޙަވާލާދީފައިވާ ދެ އިޢުލާނުގާ ބީލާން ހުށަހެޅުމަށް އޮތް ތާރީޚަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ ބީލަން ހުށައަޅާ ތާރީޚަށް ތިރީގައިވާ ގޮތަށް ބަދަލު ގެނެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެއްލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުގައި ބީލަން ހުށަހެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
|
ބީލަން ހުށައެޅުން (މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމަށް ބާއްވާ ޖަލްސާގެ ފަރިއްކޮޅު) އިޢުލާން ނަންބަރ: (IUL)473-AP/473/2025/51 |
2025 ޖޫން 29 (އާދިއްތަ) |
13:00 |
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (ޤައުމީ ދާރުލްއާސާރު ބިނާ) |
|
ބީލަން ހުށައެޅުން (މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމަށް ބާއްވާ ޖަލްސާގެ ތަން ތައްޔާރު ކުރުން) އިޢުލާން ނަންބަރ: (IUL)473-AP/473/2025/52 |
2025 ޖޫން 29 (އާދިއްތަ) |
13:30 |
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (ޤައުމީ ދާރުލްއާސާރު ބިނާ) |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7930101 މި ނަންބަރަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެ