ދިވެހިރާއްޖެ
އދ. މާމިގިލީކައުންސިލްގެ 01 ޕިކަޕް މަރާމާތުކޮށްދޭނެފަރާތެއް ހޯދަންބޭނުން ވެއްޖެ އެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތެއްގެ އަގަކީ -/150 ( ސަތޭކަ ފަންސާސް ރުފިޔާ ) އެވެ. ބިޑުފޮތް ލިބެންހުންނާނީ 2025 ޖޫން 23 ން 2025 ޖޫން 30 އަށް ރަސްމީބަންދުނޫން ކޮންމެދުވަހެއްގެ 9:00 ން 12:00 ށް އދ.މާމިގިލީ ކައުންސިލު އިދާރާއިންނެވެ.އަންދާސީ ހިސާބު ހުށައަޅުއްވާނީ 2025 ޖުލައި 03 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. މަޢުލޫމާތު ސާފުކޮށްދިނުމުގެ ސެޝަން އޮންނާނީ 2025 ޖޫން 30 ވާ ހޯމަ ދުވަހުގެ 13:00 ގައި އދ.މާމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެނުލައްވާފަރާތްތަކަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަވެސް ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .