ދިވެހިރާއްޖެ
މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާ އަށް ވީޑިއޯ ކޮންފަރެންސް ސިސްޓަމް އަދި ސްމާޓް ޓީވީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ މަސައްކަތަށް ޤާބިލް މިކަމުގެ ތަޖުރިބާ ހުރި އެންމެހައި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
29 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން https://forms.fillout.com/t/jaASCgcxeUus ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުން |
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ބީލަން ހުށަހެޅުމާއި ހުޅުވުން |
02 ޖުލައި 2025 ވާ ބުދަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި އަދި މައުލޫމާތު ޝީޓުގައިވާގޮތަށް އޮންލައިންކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ. (ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.) |
ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.