ބީލަން
ނަންބަރު: (IUL)313-MI/313/2025/59
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 29 ޖޫން 2025 10:00
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކުޑަރިކިލުގައި ބާބަކިއު އޭރިޔާ ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                   `

                                  

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives

  (IUL)313-MI/313/2025/59 :ނަންބަރ

އިޢުލާން 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބ.ކުޑަރިކިލުގައި ބާބަކިއު އޭރިޔާ ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ (IUL)313-MI/313/2025/42 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑް އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވާ ފޯމް މިއިދާރާއިންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅޭނީ 29 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

      ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހެޅި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 ޖޫން 29 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ޖުލައި 06 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ، އިޢުލާން ނަންބަރާއި،ކޮންކަމަކަށް ހުށަހަޅާ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.  ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ

ފޯން ނަންބަރ :  4000079

އީމެއިލް  : [email protected]

            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   26   ޛުލްޙިއްޖާ    1446

                   22    ޖޫން      2025 

22 ޖޫން 2025