ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)367-AS/367/2025/40
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 26 ޖޫން 2025 14:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ 8 މަސްދޯނި ކުއްޔަށްދިނުން

މ.ކޮޅުފުށީ ރައްޔިތުންގެ މަސްދޯނި "ދުރުރާސްތާ 8" (85 ފޫޓް)، ކުއްޔަށް ދިނުމަށް މިކައުންސިލުން ބޭނުންވެއެވެ. ދޯނި ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖޫން 2025  އިން 26 ޖޫން 2025 ވަނަ ދުވަހުގެ 14:00 އާއި ދެމެދު (ރަސްމީ ދުވަސްތަކުގައި) މިއިދާރާއަށް ދުރުވެ، ދޯނި ކުއްޔަށް ދިނުމާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ބިޑުފޮތް ބައްލަވައިގަތުން އެދެމެވެ. ބިޑުފޮތެއްގެ އަގަކީ -/ 0100 (އެއްހާސް) ރުފިޔާއެވެ.

މީގެއިތުރުން، ބިޑުފޮތް ބައްލަވައިގަތުމަށްފަހު ބިޑު ސެކިއުރިޓީގެ ގޮތުގައި މިއިދާރާއަށް ދައްކަވަންޖެހޭ 20,000/- (ވިހިހާސް) ރުފިޔާ ދެއްކެވުމަށްފަހު، އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމަށް 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ދޯންޏާއިގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6720606 ނަންބަރަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ބިޑުފޮތް ބައްލަވައިގަނެފައިވާ ފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

19 ޖޫން 2025