ދެންނެވުން
ނަންބަރު: : (IUL)365-MIM/365/2025/79
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 23 ޖޫން 2025 14:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެދޮރުވެރިކަމުގެ މަޝްރޫޢަށް ބިން ހޯދުމާއި ގުޅޭ:

އިޢުލާން

 

ގެދޮރުވެރިކަމުގެ މަޝްރޫޢަށް ބިން ހޯދުމާއި ގުޅޭ:      

 ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިރަށުގައި ހައުސިންގ ޔުނިޓް ޤާއިމް ކުރުމާއި ގުޅޭގޮތުން، އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ފޮނުވުމަށް ހައުސިންގ މިނިސްޓްރީން އެދިލައްވާފައި ވާތީ ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު 23 ޖޫން 2025 ގެ 14:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ނުވަތަ މެއިލް ( [email protected] ) އަށް ފޮނުއްވައިދެއްވުން އެދެމެވެ.

  1. ގޯތީގެ ނަން
  2. ގޯތީގެ ވެރިފަރާތް
  3. ލޮޓް ނަންބަރ
  4. ކޮށީ ނަންބަރ
  5. ގޯތީގެ ބޮޑުމިން އަކަފޫޓުން ( ފުޅާމިން އަދި ދިގުމިން އިނގޭނޭހެން )
  6. ގޯތީގައި އެއްވެސް ނުއުފުލޭ މުދަލެއް ހުރިނަމަ އޭގެ މަޢުލޫމާތު
  7. ގޯތި ހުރި ބިމުގެ ޙާލަތު ( ޗަސްބިން، ހިއްކިބިން، އެހެނިހެން )

    ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.         

19 ޖޫން 2025