ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290/290/2025/48
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:35
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ހިނގާ މީހުންނަށާއި މަގުބައްތިތަކަށާއި އަދި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް އުނދަގޫވާގޮތަށް މަގަށް ނުކުމެފައިވާ ގަސްތައް ކޮށުމާއި ގުޅޭ

ނ. މާފަރުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ އިމުން ބޭރަށް، ހުރިގަސްގަހުގެ އޮފިތަކާއި ރުއްތަކުގެ ފަންތަކުގެ ސަބަބުން ހިނގާބިނގާވެއުޅޭ މީހުންނަށާއި ކައުންސިލުން ޖަހާފައިވާ މަގު ބައްތިތަކާށި، އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން ޕިކަޕްތަކާއި، ލޮރީ، އެކްސްކަވޭޓަރ ފަދަ އުޅަނދުތައް ދުއްވުމަށް އުނދަގޫވެ ގެއްލުން ލިބޭކަމުގެ ޝަކުވާ ކައުންސިލަށް ދަނީ ލިބެމުންނެވެ. އަދި މިނޫނަސް ގޯތިގެދޮރުގައި ހައްދާފައިވާ ރުއް ގަސްތަކުގެ ސަބަބުން އަވަށްޓެރި ގެތަކުގެ ފުރާޅު ނުވަތަ ގެދޮރަށް ކުނި އެޅި އުނދަގޫވާ ކަމުގެ ޝަކުވާވެސް ތަކުރާރުކޮށް ކައުންސިލަށް ލިބެމުންދާކަން ފާހަގަ ކުރަމެވެ.

 

އެގިވަޑައިގަންނާނެ ފަދައިން މި ގޮތަށް ހުންނަ ގަސްތަކާއި ރުއްތަށް ކޮށުމުން ރަށާއި މަގުތަކުގެ ރީތިކަމާއި ފުރިހަމަކަން އެންމެ އެކަށީގެންވާގޮތުގައި ފެނިގެންދާނީ ހިނގާ ބިނގާވެ އުޅޭ މަގުތަކަށް އުނދަގޫވާނެހެން ހުރި ގަސްތަކާއި ރުއްތަކުގެ ފަންތައް ކޮށައި ސާފުކޮށްގެން ކަމުގައި ދަންނަވަމެވެ. އެހެންކަމުން، ނ. މާފަރުގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގާއި ގޯޅިތަކަށްވާ ގޮތަށް، ގޯތީގެ އިމުން ބޭރަށް ނުކުމެފައިވާ ގަސްގަހުގެ އަފިތަކާއި ރުއްތަކުގެ ފަންތައް ކަނޑައި މަގު ސާފުކޮށްދެއްވުމަށް ދަންނަވަމެވެ.

 

އަދިހަމައެހެންމެ، މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިމުން ބޭރަށް 10 ފޫޓު ތިރިއަށް ފައިބާފައި ހުރި ގަސްގަހުގެ އަފިތަކާއި ރުއްތަކުގެ ފަންތައް މިއިޢުލާނުގައިވާ ތާރީޚުން ފެށިގެން 7 ދުވަސް ތެރޭގައި ކޮށާ ސާފުކުރުމަށް ދަންނަވަމެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖޫން 2025