މުބާރާތް
ނަންބަރު: (IUL)305-ME305/305/2025/78
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 23 ޖޫން 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާކުރަތު ކައުންސިލް ޤުރްއާން މުބާރާތް 2025 "ސްޕޮންސަރ ކުރުމަށް ހުޅުވާލުމާއިގުޅޭ

އިޢުލާން


މި ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "މާކުރަތު ކައުންސިލް ޤުރްއާން މުބާރާތް 2025" 26 ޖޫން 2025 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. އެ ގޮތުން މި މުބާރާތް ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށްވެވޭނީ މުޅި މުބާރާތުގެ އެއްވަނަ އިނާމުކަމުގައިވާ ޢުމްރާ ދަތުރުގެ އެންމެހައި ކަންކަން ހަމަޖައްސައިދޭ ފަރާތަކަށެވެ. އެގޮތުން މި ފަރާތުގެ ނަން މުބާރާތުގެ ނަމުގެ ކުރިއަށް އިތުރު ކުރެވޭނެއެވެ. ގޯލްޑް ސްޕޮންސަރ އަކަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ -/15000(ފަނަރަހާސް) ރުފިޔާއެވެ. ސިލްވަރ ސްޕޮންސަރ އަކަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ -/10000(ދިހަހާސް) ރުފިޔާއެވެ. އަދި ބްރޮންޒް ސްޕޮންސަރ އަކަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ -/5000(ފަސްހާސް) ރުފިޔާ އެވެ.

ވީމާ، މި މުބާރާތަށް ސްޕޮންސަރ ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖޫން 2025 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6584030 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 ޛުލްޙިއްޖާ 1446

17 ޖޫން 2025