ދިވެހިރާއްޖެ
މި ރަށު ހުދާމިސްކިތުގައި ކުރަންޖެހޭ ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ، މި އުޢުލާނާއެކު ހިއްސާކުރެވޭ ބިޑް ޑޮކިއުމަންޓުތަކުގެ ސެކްޝަން 2 (ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭ އިރުޝާދު)ގެ 2 ވަނަ މާއްދާގެ 2.1 ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 ޖޫން 18 އިން 2025 ޖޫން 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ [email protected] އީމެއިލަށް، ރަޖިސްޓަރީވެލައްވާ ފަރާތުގެ ނަން/ ކުންފުނި/ވިޔަފާރިގެނަން ގުޅޭނެ ނަންބަރު ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.
މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2025 ޖޫން 23 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން 2025 ޖޫން 24 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2025 ޖޫން 30 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.