ކުއްޔަށް ދިނުން
ނަންބަރު: (IUL)283-PS/283/2025/32
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 29 ޖޫން 2025 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮސްޕިޓަލްކުރިމަތީ އޮތްބިމުގައި ކެފޭ، ރެސްޓޯރެންޓް އެޅުމަށް ބިން ދޫކުރުން

  1. ހޮސްޕިޓަލްކުރިމަތީ އޮތްބިމުގައި ކެފޭ، ރެސްޓޯރެންޓް އެޅުމަށް ބިން 20 އަހަރުގެ މުއްދަތައް ބިޑް އުޞޫލުން ދޫކުރުމަށް ގަޞްދުކުރަމެވެ. ވީމާ،  ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުމަށް [email protected]  އަށް 2025 ޖޫން 22 ވާ އާދިއްތަދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވަން ހުށައަޅުއްވާފަރާތްތަކުން 300/-ރ (ތިންސަތޭކަ ރުފިޔާ) 7724700306001 (ރެވެނިއު1) ޖަމާކުރައްވާ ސްލިޕް މަތީގައި ބަޔާންކުރެވިފައިވާ މެއިލްއަށް ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބިލެއްވުމުންނެވެ.
  3. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ޖޫން 29ވާ އާދިއްތަދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
  4. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ/ ޗާންދަނީމަގު، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:      6541009

އީމެއިލް:    [email protected]   

17 ޖޫން 2025