ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ބީލަމާއި ބެހޭ މަޢުލޫމާތު:
މި ކުންފުނީގެ މެއިލްއޮޕަރޭޝަންސްގެ މަސައްކަތްތަކަށް ބޭނުންކުރާނެ އިމާރާތެއް މާލެ ސަރަހައްދުން ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާން ނަންބަރު PRC-MPL/IUL/2025/70 (18 މެއި 2025)ގެ އިޢުލާނާއި ގުޅިގެން ޝަރުތުހަމަވާ ބީލަމެއް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ، ތިރީގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
| ބީލަން ހުށަހެޅުން: | |
| ތާރީޚް: | 25 ޖޫން 2025 ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ދުވަހުއެވެ. | 
| އެޑްރެސް/ތަން: | ޕޯސްޓް ބިލްޑިންގ 5ވަނަ ފަންގިފިލާ | 
| ގަޑި | 14:00 | 
2- ބީލަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:
- ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 23 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009292 ޕްރޮކިއުމަންޓް ޔުނިޓް
- [email protected]
16 ޖޫން 2025