ތަމްރީނު
ނަންބަރު: (IUL)160-AS/1/2025/90
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި:
25 ޖޫން 2025 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލަރުންނަށް ޚާއްސަ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން
ކައުންސިލަރުންނަށް އަމާޒުކޮށްގެން ޚަތީބުކަމުގެ ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުޠު:
- ކައުންސިލަރަކަށްވުން
- ފިރިހެނަކަށްވުން
މުއްދަތު:
- 15 ހަފްތާ
ކިޔެވުން ކުރިއަށްދާނެގޮތް:
- އޮންލައިންކޮށް
ކިޔެވުން އޮންނާނީ:
- ހަފްތާއަކު 5 ދުވަހު (ހަފްތާ ބަންދު ނޫން ހުރިހާ ދުވަހެއް)
ގަޑި:
- 20:30 – 22:30
ޖާގަ:
- 50 ޖާގަ
ކޯހަށް ހޮވުމުގައި ބަލާ މިންގަޑު:
- ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުން.
- ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަކަން.
ހުށަހަޅަންޖެހޭ ތަކެތި:
- ސީވީ
- އައިޑީ ކާޑުގެ ކޮޕީ
- އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓް
- ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން.
މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 25 ޖޫން 2025 ގެ 13:00 ގެ ކުރިން ގޫގުލް ފޯމް
( https://forms.gle/6eoHUvc7KkexRRv37 ) ފުރިހަމަ ކުރެއްވުން އެދެމެވެ.
ބަސްދީގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 29 އަދި 30 މި ދެދުވަހުއެވެ.
16 ޖޫން 2025