ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)305-CA305/305/2025/77
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 23 ޖޫން 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލް އޮފިސަރ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މަޤާމު:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-414632

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 6295.00 (ހަހާސް ދުއިސައްތަ ނުވަދިހަ ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00(ދެހާސް) ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު 900.00 (ނަވަސަތޭކ) ރުފިޔާ
  2. ސްޕެޝިއަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސައިރައިގެ %35
  3. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ބަނދަރު ބައްތިތަކާއި މަގުބައްތިއާއި ނެރުބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވާ މުނީޓަރކޮށް ބެލެހެއްޓުމާއި، މި ބައްތިތައް ދިއްލާ ބެލެހެއްޓުމުގެ އެންމެހައި ކަންކަން ރާވައި ހިންގުން
  4. ބިމާއިބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަޢާރަޟު ނުވާ ގޮތުގެ މަތިން، އެކިއެކި ބޭނުންތަކަށް ރަށުގެ ބިން ދޫކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، މަސައްކަތާއިގުޅޭ ރިކޯޑްތައް ބެލެހެއްޓުމާއި ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް މަގުތައް ހެދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ރާވާ ހިންގުމާއި، އޭގެ ރެކޯޑްތައް ބެލެހެއްޓުން
  5. ބިމާއި ޢިމާރާތް ރަޖިސްޓްރީ ކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތް ކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގައި ޢިމާރާތް ކުރުމުގެ ކަންތައްތައް ބަލަހައްޓައި، އެކިފަރާތްތަކުން ރަށުގެ ބިމާބެހޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމާއި، އޭގެ ރެކޯޑް ބެލެހެއްޓުން
  6. ރަށުގެ ބިމުގެ ދަފުތަރު އެކުލަވައި އެދަފުތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމާއި އޭގެ ރެކޯޑް ބެލެހެއްޓުން
  7. އާންމު ރައްޔިތުން ގޯތިން ބޭރުގައި އިންދާ ހައްދާ ރުއްގަސް އިންދުމާއި ރުއްގަސް ކެނޑުމުގެ ހުއްދަ ދިނުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ގަވާއިދާ ޚިލާފަށް އިންދާ ހައްދާ ރުއްގަހާމެދު ޢަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުން
  8. ބަންޑާރަ ރުއްގަހާއި ރައްޔިތުންގެ ރުއްގަހާއި ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގައި ހުންނަ ރުއްގަސް ބެލެހެއްޓުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި މިފަދަ ރުއްގަސް ވަރުވާއަށް ނުވަތަ ކުއްޔަށް ދިނުމަށް ކުރަންޖެހޭ މަސައްކަތައް ކުރުމާއި، ރުއްގަހުގެ ރަޖިސްޓްރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރާއިން ނީލަން ކިޔަންޖެހޭ ތަކެއްޗާއި ރުއްގަސް ނީލަން ކިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  9. ރަށު ފެންވަރުގައި ރައްކާތެރި ގޮތުގައި ކުނިނައްތާލުމަށް ކުރަންޖެހޭ އިންތިޒާމްތައް ކުރުމާއި ރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ކަންކަން ބެލެހެއްޓުމާއި، ކުނި ނައްތާލުމުގެ ނިޒާމް ރާވާ ހިންގުމާއި، އޭގެ ރެކޯޑްތައް ބެލެހެއްޓުން
  10. އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އިޖުތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ހަވާލުކޮށްފައިވާ ސަރހައްދުތައް، ކައުންސިލުން ކަނޑައަޅާފައިވާ މިންވަރާއި ފެންވަރަށް މަސަކަތްކުރޭތޯ ބަލައި މޮނިޓަރ ކުރުމާއި، ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ސާފުތާހިރުކަން ދަމަހައްޓައި، ރަށުތެރެ ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އިދާރީ މަސައްކަތްތައް ކުރުން
  11. ހެދިފައިވާ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ކަރަންޓާއި، ފެނާއި، ފާޚާނާ އާއި ނަރުދަމާ ނިޒާމް ފަދަ ޢާއްމު ޚިދުމަތްތައް ދިނުމާގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން
  12. ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ބަނދަރުގެ ކަންތައްތައް ބެލެހެއްޓުމާއި، އެކަމަށް އެކަށަ އަޅަންޖެހޭ ޤަވާޢިދުތައްހަދާ ތަންފީޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  13. ޕްރައިމަރީ ހެލްތުކެއަރ އާއި އާންމު ޞިއްޙީ ރައްކާތެރިކަމާއިގުޅޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން
  14. ޕްރީސްކޫލް ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކައުންސިލުން ބޭއްވުމަށް ނިންމަވާ އެކިއެކި މުބާރާތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތައް ކުރުމާއި އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ރާވާ ހިންގުން
  15. ރަށުގެ ތިމާވެއްޓާއިގުޅޭ ކަންތައްތައް ރާވާ ހިންގުމާއި އޭގެ ރެކޯޑްތައް ބެލެހެއްޓުން
  16. ރަށުގެ އިޖުތިމާޢީ މަރުކަޒާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ކުޅިވަރުގެ ވަޞީލަތްތަކާއި ޢާންމު ޕާރކްތަކާއި މުނިފޫހިފިލުވުމާއިބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުމާއި، މިތަންތަނުގެ ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުން
  17. އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ގެވެށިއަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ޢަމަލުތަކާއި ގުޅިގެން އަނިޔާ ލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ، އެފަދަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  18. ރަށުގެ މިސްކިތްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތަކުގެ މަރާމާތުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން
  19. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއިގުޅޭ ގޮތުން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ޑްރައިވިންގ ލައިސަންސަން ހެއްދުމަށް ކައުންސިލުން ދެވޭ ޚިދުމަތްތައް ރާވާ ހިންގައި ބެލެހެއްޓުން
  20. ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ޤަބުރުސްތާން ބެލެހެއްޓުމާއި ކައުންސިލް އިދާރާ ހިންގަވާ ވެރިޔާ ނުވަތަ ޑިރެކްޓަރ ނުވަތަ ޔުނިޓްގެ ވެރިޔާގެ ލަފާގެ މަތީން ކަށުކަމާކެމީގެ ކަންތައްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ހިނަވާގެ ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން
  21. އުންސިލުން ބަލަހައްޓަމުން ގެންދާ އާންމު ފެންހަންތަކަށް ރައްކާތެރިގޮތުގައި ފެންނެގުމާއި ފެން ދޫކުރުމާއި ފެންހަންތައް ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން
  22. ރަށުގެ މަގުހެދުމާއި، މަގުކޮށުމާއި މަގުމަގަށް ނަންކިޔުމާއި މަގުތައް ބެލެހެއްޓުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، މަގުތައް ބޭނުން ކުރުމަށް އެކިއެކި ފަރާތްތަކަށް ދޭންޖެހޭ ހުއްދަތައް ދިނުމާއި ގަވާއިދާ ޚިލާފަށް މަގުތައް ބޭނުންކުރާ ފަރާތްތަކަށް ގަވާއިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
  23. ކައުންސިލުގެ އެކިއެކި ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި ކައުންސިލް ބައްދަލުވުންތަކާއި އެކިއެކި މުނާސަބަތުތަކުގެ ފޮޓޯނެގުމުގެ އިންތިޒާމުތައް ހަމަޖެއްސުން
  24. ޔުނިޓަށް އަންނަ ސިޓީ، މެސެޖު، ފޯމު، ފެކްސް އަދި އީ މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅުއަޅައި ޖަވާބު ދޭންޖެހޭ ސިޓީ، މެސެޖު، ފޯމު އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި މަސައްކަތައި ގުޅޭ އެހެނިހެން އިދާރީ މަސައްކަތް ކުރުން
  25. ކައުންސިލް އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ކަންތައްތައް ބެލެހެއްޓުމާއި ކައުންސިލާއި ޒިންމާދާރު ވެރިޔާއާއި ނުވަތަ ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން އައްޔަނުކުރާ މިނޫން ކޮމިޓީތަކުގައި ބައިވެރިވެ ކޮމިޓީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  26. ވަޒީފާގެ މަސަޢޫލިއްޔަތާއި ގުޅިގެން، ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުމާއި، ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓިގައި ހުރުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޙާޟިރުނުވެވޭގޮތް ދިމާވެއްޖެނަމަ ޔުނިޓުގެ އިންޗާޖް ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން
  27. ކައުންސިލުގެ އިދާރާއިން އިސްނަގައިގެން ހުރިހާ މުވައްޒަފުން ޝާމިލުވެގެން ހިންގާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިޖްތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން
  28. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތުތަކުގައި އަދި ކައުންސިލް އިދާރާއަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ޙާލަތްތަކުގައި ކައުްނސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސްޕަރވައިޒަރގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތް ކުރުން
  29. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 151 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ގަވާޢިދުތަކުގެ ދަށުން ކުރަންޖެހޭ މުނިސިޕަލް ސަރވިސް އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ޔުނިޓު ހެޑް ނުވަތަ ޒިންމާ ދާރުވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ  
  • އެޑްމިނިސްޓްރޭޝަން  
  • އެގްރިކަލްޗަރަލް ސައިންސް   
  • އެންތްރޯޕޮލޮޖީ   
  • އާކިޓެކްޗަރ   
  • ބިޒްނަސް   
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ސިވިލް އިންޖިނިއަރިންގ   
  • ކޮމާސް   
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް   
  • ކޮމްޕިއުޓަރ ސައިންސް   
  • ކައުންސިލް އެޑްމިނިސްޓްރޭޝަން   
  • ކަލްޗަރ އެންޑް ހެރިޓޭޖް   
  • ޑިމޮގްރަފީ   
  • ޑިވެލޮޕްމަންޓް ސްޓަޑީޒް   
  • އިކޮނޮމިކްސް   
  • އެޑިއުކޭޝަން   
  • އެންވަޔަރަންމެންޓަލް ސައިންސް   
  • ފައިނޭންސް   
  • ގަވަރނަންސް   
  • ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް   
  • ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް   
  • ހިއުމަން ރިސޯސް   
  • އިންފޮމޭޝަން ޓެކްނޮލޮޖީ  
  • އިންޓަނޭޝަނަލް ރިލޭޝަންސް   
  • ލޭންގުއޭޖް ސައިންސް   
  • ލީޑަރޝިޕް   
  • ލައިބްރަރީ ސައިންސް   
  • ލޯކަލް ގަވަރނަންސް   
  • މެނޭޖްމަންޓް   
  • މެރިން ސައިންސް   
  • މާކެޓިންގ   
  • އޮފީސް އެޑްމިނިސްޓްރޭޝަން   
  • ޕޮލިސީ ސްޓަޑިޒް   
  • ޕޮލިޓިކަލް ސައިންސް   
  • ޕްރޮޖެކްޓު މެނޭޖުމަންޓު  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   
  • ޕަބްލިކް މޭނޭޖްމަންޓް   
  • ޕަބްލިކް ޕޮލިސީ   
  • ޕަބްލިކް ރިލޭޝަންސް   
  • ޝަރީޢާ އެންޑް ލޯ   
  • ސޯޝަލް ސައިންސް   
  • ސޯޝަލް ވޯރކް   
  • ސޯޝިއޮލޮޖީ   
  • ސްޕޯޓްސް މެނޭޖްމަންޓް   
  • ސްޓެޓިސްޓިކްސް   
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ   
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް   
  • އަރބަން ޕްލޭނިންގ   
  • އާބަން ސްޓަޑީޒް   

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން،
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. މިގޮތުން މަޤާމަށް އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދެފައިވާ ފަރާތަށް ތިރީގައިވާ ތާވަލުގައި ހިމެނޭ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 ން ފެށިގެމް މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

1

އަސާސީ ޝަރުޠު ހަމަވުން

30

2

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

3

ކޯ ނުވަތަ ޕްރިފައިޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

4

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

6

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖޫން 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 24 ޖޫން 2025 އާއި 10 ޖުލައި 2025 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6584030 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

20 ޛުލްޙިއްޖާ 1446

16 ޖޫން 2025