ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415-HR/415/2025/131
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 25 ޖޫން 2025 13:30
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމިއުނިޓީ ކައުންސިލް އޮފިސަރ

ނޯޓް: މި އިޢުލާނަކީ މިއިދާރާ އިން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ މަޤާމެކެވެ.

އިޢުލާން

 

މަޤާމު:

އެސިސްޓެންޓް ކޮމިއުނިޓީ ކައުންސިލް އޮފިސަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (23 މަސް)

މަޤާމުގެ ރޭންކު:

ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

4465.00 (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

1500.00 ( އެއްހާސް ފަސް ސަތޭކަ ރުފިޔާ )

އެހެނިހެން އެލަވަންސް:

1-      ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު -/700 ރުފިޔާ

2-      ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން

3-      ސްޕެޝިއަލް ޑިއުޓީ އެލަވަންސް އަސާސި މުސާރައިގެ %35

4-      ސިވިލް ސާރވިސް ޤަވާއިދާއި އެއްގޮތަށް އިތުރު ގަޑީގެ ފައިސާ

5-      ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ އެލަވަންސް ދުވާލަކަށް -/100 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. ކައުންސިލްގެ އިދާރާއަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން.
  5. ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ހިދުމަތްތަކާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތު ދިނުން.
  6. ކައުންސިލްގެ އިދާރާއަށް ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  7. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން.
  8. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުން.
  9. ކައުންސިލް އިދާރާއަށް ލިބޭ އެންމެހާ ލިޔުން ޖެމްސް މެދުވެރިކޮށް އެންޓްރީކޮށް އެންޓްރީ ސެކްޝަންތަކުގެ މެދުގައި ރޫޓް ކުރުން.
  10. އެންޓްރީއަށް އަންނަ ސިޓީތަކާއި މެއިލްތަކަށް ވެރިންގެ އިރުޝާދާއި އެއްގޮތަށް ޖަވާބުދާރީވުން.
  11. ކައުންސިލް އިދާރާއިން ބާއްވާ އިވެންޓުތަކުގައި އެހީތެރިކަން ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. 1.       ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުން.

ނުވަތަ:

  1. 2.      ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ·         އެޑްމިނިސްޓްރޭޝަން
  • ·         މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  7. އެންސްޕާ ކާޑުގެ ކޮޕީ ( ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްކަން ޔަޤީން ކުރުމަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން (30%)
  • އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް (5%)
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (5%)
  • އިމްތިޙާން (%25)
  • އިންޓަވިއު (35%)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖޫން 2025 ގެ 13:30 ގެ ކުރިން، ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އެސެސްމަންޓް،އިމްތިޙާން ނުވަތަ ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،01 ޖުލައި 2025 އާއި 15 ޖުލައި 2025 އާއި ދެމެދު، ތިނަދޫ ސިޓީ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841718 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

16 ޖޫން 2025