ބީލަން
ނަންބަރު: (IUL)GS-152/INDIV/2025/15
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި:
24 ޖޫން 2025 14:00
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
`
މަތިވެރި ސްކޫލް
އއ.މަތިވެރި / ދިވެހިރާއްޖެ
އިޢުލާނު
ނަންބަރު: (IUL)GS-152/INDIV/2025/15
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކަރަންޓް ވިއުގާ ރަގަޅު ކުރުމަށް ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތައް ކަރަންޓް ވިއުގާގެ ރަގަޅު ކުރަންހުރި މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރެއްވުމަށް ގުޅުއްވާނީ 6660816 ނަންބަރާއެވެ. މެއިލް ކުރައްވާ ނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މި ސްކޫލްގެ [email protected] އީމެއިލަށެވެ.
- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި މަސައްކަތާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ސްކޫލް އިދާރާގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބިޑެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
20 ޛުލްޙިއްޖާ 1446
16 ޖޫން 2025