މަސައްކަތް
ނަންބަރު: (IUL)Q2-HC-ASS/Q2-HC/2025/7
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 21:54
ސުންގަޑި: 23 ޖޫން 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ ޞިއްޙީމަރުކަޒުގެ ފެނުގެ ނިޒާމް، މަރުކަޒުން ފޯރުކޮށްދޭ ތަކެތީގައި ގުޅައިދިނުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން

މިމަރުކަޒުންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަރުކަޒުގެ ފެނުގެ ނިޒާމް މަރުކަޒުން ފޯރުކޮށްދޭ ތަކެތީގައި ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 23 ވަނަ ދުވަހުގެ 14:00 ގައި މިމަރުކަޒުގެ އޮފީސް ރޫމުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިމަރުކަޒަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖޫން 2025