ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HR/434/2025/161
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 24 ޖޫން 2025 13:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް.3) / ކޮމިއުނިޓީ ސަރވިސް ސެންޓަރ (ކ.މާލެ)

މަޤާމް :Assistant Director
ބޭނުންވާ އަދަދު :1

އިޢުލާނު 

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-257907

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ޑްރަގް އޭޖެންސީ / ކޮމިއުނިޓީ ސަރވިސް ސެންޓަރ (ކ.މާލެ)

މުސާރަ:

މަހަކު -/7035ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހެލްތް އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (-/100 ރުފިޔާ ވަޒީފާއަށް ޙާޒިރުވާ ކޮންމެ ދުވަހަކަށް)
  3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލު އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެންޓަރުގެ ސްޕަރިންޓެންޑެންޓްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހާ ޒިންމާތައް އަދާކުރުން.
  2. ސެންޓަރުގެ ކްލިނިކަލް ޙިދުމަތްތަކާއި އިދާރީ މަސައްކަތްތައް ރާވާ ހިންގުމާއި، ސެންޓަރުގެ ސެކިއުރިޓީގެ ކަންތައްތަކާއި، މެއިންޓަނަންސްގެ ކަންތައްތަކާއި ސެންޓަރަށް ހޯދަންޖެހޭ ތަކެތި ހޯދާ ބެލެހެއްޓުން.
  3. ސުޕަވައިޒު ކުރާ ސްޓާފުންނަށް ފޯރުކޮށްދޭންޖެހޭ ފަންނީ އެހީ ފޯރުކޮށްދިނުމާއި، ފަރުވާގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެހެނިހެން ދާއިރާތަކާއި ވިލަރެސްކުރުން.
  4. ސެންޓަރަށް އަންނަ ލިޔެކިއުންތައް ސަރުކާރުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުން.
  5. ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާއެއްގޮތަށް ސެންޓަރުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އަހަރީ ޕްލޭންއެއް އެކަށައަޅާ އެއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ބެލެހެއްޓުން.
  6. އަހަރީ ބަޖެޓް ހަދާ ހެޑް އޮފީހަށް ފޮނުވުމާއި، އެއަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަނުގެ މެންޑޭޓާއި ގުޅޭގޮތުން ރާވާ ހިންގުން.
  7. ސެންޓަރުގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލާ އެގޮތަށް ހިނގާކަން ކަށަވަރުކުރުން.
  8. މަސްތުވާތަކެއްޗާއި ގުޅުންހުރި ބައިނަލް އަޤްވާމީ އަދި ޤައުމީފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާއި ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  9. ސެންޓަރުގެ ބަލަހައްޓަންޖެހޭ ލިޔެކިއުންތަކާއި ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓްކޮށްފަ ހުރިތޯބަލާ، ފޮނުވަންޖެހޭ ރިޕޯޓްތައް ޤަވާއިދުން ފޮނުވަންޖެހޭ ތާރީޚްތަކަށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.
  10. މުވައްޒަފުންގެ އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  11. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލުކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެ ލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   Preferred
  • ބިޒްނަސް މެނޭޖްމަންޓް   Preferred
  • މެނޭޖްމަންޓް 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   Preferred

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން recruitment@nda.gov.mvއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ  2025 ޖުލައި 06 އާއި 2025 ޖުލައި 10 ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

15 ޖޫން 2025