ނީލަން
ނަންބަރު: (IUL)383/383/2025/90
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 18 ޖޫން 2025 00:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުރޯދި ދޯނީގެ އިންޖީނު ނީލަންކިޔުން

މިރަށު ރައްޔިތުންގެ "ވިލުރޯދި" ދޯނިން ނެގި ޔަންމާ350 ހޯސްޕަވަރުގެ އިންޖީނު ސިޓީން އަގު ހުށަހަޅާ ނީލަމުގައި ވިއްކާލުމަށް ކައުންސިލްގެ ނަމްބަރ: 383-04/2024/158 (15 މެއި 2024) ޖަލްސާއިން ވަނީ ނިންމާފައެވެ.

                        ވީމާ، މި އިންޖީނު ނީލަންކިޔުން 2025 ޖޫން 18 ވާ ބުދަ ދުވަހުންފެށިގެން ހުޅުވާލައިފީމެވެ.  ނީލަމާބެހޭ މަޢުލޫމާތު ތިރީގައިއެވަނީއެވެ.

1)       އިންޖީނުގެ ބާވަތް:  ޔަންމާ 350 ހޯސްޕަވަރ (ގިޔަރުސެޓް ނެތް)

2)       އިންޖީނު ބޭނުންކޮށްފައިވާ މުއްދަތު: 14 އަހަރު

3)       އިންޖީނުގެ ޙާލަތު: އަލްޓަނޭޓަރ – ރަނގަޅު ، ގިއަރު ރިމޯޓު – ރަނގަޅު ، ސްޓަރޓިން މޯޓަރު – ރަނގަޅު، ހާނަސް – ބޭނުންކުރެވޭ، މީޓަރު ބޯޑު – ބޭނުންކުރެވޭ،

4)       އިންޖީނު ހުރިތަން: ވިލުފުށީގައި

5)       ނީލަންފެށޭ އަގު:-/50000 ރ (ފަންސާސްހާސް ރުފިޔާ)

6)       ނީލަމުގެ އަގު މަތިކުރެވޭ އެންމެކުޑައަގު: -/5000 ރ (ފަސްހާސް ރުފިޔާ)

7)       ނީލަމަށް އަގު ހުށަހަޅާނެގޮތް: މިއިދާރާއަށް ދުރުވެ މިކަމަށްޓަކައި ކައުންސިލުން ދޫކުރާ ފޯމު މެދުވެރިކޮށް، އަދި އަގު ހުށަހަޅާ ފޯމު މިއިދާރާގެ އީމެއިލް ([email protected]) އަށް މެއިލް ކޮށްގެންވެސް އަގު ހުށަހެޅޭނެއެވެ.

8)       ނީލަމުގައި ބައިވެރިވާ ފަރާތްތަކުގެ އަގު ފޯމުތައް ބަލައި ގަނެވޭނީ ކޮންމެ ދުވަހެއްގެވެސް 12:00 އާއި ހަމައަށެވެ. އަދި ކޮންމެ ދުވަހެއްގައިވެސް ނީލަމަށް ހުށަހަޅާ އަގުތައް އެދުވަހެއްގެ 14:00ގެ ކުރިން ގެޒެޓްގައި އާއްމު ކުރެވޭނެއެވެ. (ނީލަމަށް އަގު ހުށަހަޅާ ކޮންމެ ދުވަހެއްގެ 12:00 އިން ފެށިގެން އެދުވަހެއްގެ އަގުތައް ގެޒެޓްކުރުމާއި ދެމެދު، އެއްވެސް ފަރާތަކުން ހުށަހަޅާ އަގެއް ބަލައެއް ނުގަނެވޭނެއެވެ.)

9)       ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަންނިމޭނެއެވެ. (ދެދުވަހުގެ ގޮތުގައި ބެލެވޭނީ އަގުތައް ގެޒެޓްކުރާ ވަގުތުން ފެށިގެން 48 ގަޑި އިރު ވުމުންނެވެ.)

10)   އިންޖީނު ނީލަމުންނަގާ ފަރާތުން ނީލަން ނިމޭތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދެއްކުމަށްފަހު، 15 ދުވަހުގެތެރޭގައި އިންޖީނު ހުރިތަނުން ނަގައިގެން ގެންދަންވާނެއެވެ. އިންޖީނުގެ ފޮޓޯ އިޢުލާނާއެކު އާންމުކުރެވިފައި ވާނެއެވެ.

 

މިކަމާގުޅިގެން އިތުރުމައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9998494 ނަންބަރު ފޯނާއެވެ.

 

                        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

15 ޖޫން 2025