މަސައްކަތް
ނަންބަރު: (IUL)492-PS /492/2025/77
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 24 ޖޫން 2025 13:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި 3 ކޮޓަރި އަދި ގުދަނެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

މި މިނިސްޓްރީން ހިންގަމުންދާ ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ހުރި ގުދަނެއް މަރާމާތުކޮށް، 3 ކޮޓަރީގައި ހުރި ތަކެތި ގުދަނަށް ބަދަލުކޮށް، 3 ކޮޓަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS/492/2025/10  އިޢުލާނާ ގުޅިގެން، ޝަރުތު ހަމަވާ ބިޑް ހުށަހަޅައިފާ ފަރާތެއް ނެތުމުން މި މަސައްކަތަށް އަލުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

19 ޖޫން 2025 ވާ ބުރާސްފަތި ދުވަހު 10:30 އަށް

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ، ހދ. ހަނިމާދޫ

އަންދާސީ ހިސާބު ހުށަހެޅުން

24 ޖޫން 2025 ވާ އަންގާރަ ދުވަހު 13:00 އަށް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)، އަދި ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ

 

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ.

  މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282 އަދި 3339279 ނަންބަރު ފޯނަށެވެ.

15 ޖޫން 2025