ނީލަން
ނަންބަރު: MNU-CA-NL/2025/13
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 19 ޖޫން 2025 09:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސްކޫލް އޮފް ނާރސިންގެ ނީލަމުގައި ބައިވެރިވުމުގެ ދައުވަތު

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން  

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ހަނދުވަރީ ހިގުމުގައި ހުންނަ މި އޮފީހުގެ އެސް ބްލޮކް ( އެފް އެޗް އެސް ބިލްޑިންގ) ގައި 2025 ޖޫން 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި އޮންނާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2025 ޖޫން 18 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އެސް ބްލޮކް ( އެފްއެޗް ބިލްޑިންގ) އަށް ޙާޟިރުވުން އެދެމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2025 ޖޫން 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށް އެސް ބްލޮކަށް  ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ސްކޫލް އޮފް ނާރސިންގ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ހަނދުވަރީހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3346555, 3346551

އީ-މެއިލް: [email protected]

15 ޖޫން 2025