ކުއްޔަށް ދިނުން
ނަންބަރު: (IUL)376/376/2025/13
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 03 ޖުލައި 2025 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ގައި ޕެޓްރޯލް ޝެޑެއް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދިނުން.

އިޢުލާން

ބަނޑިދޫ ގައި ޕެޓްރޯލް ޝެޑެއް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދިނުން.              

ދ.ބަނޑިދޫ ގައި ޕެޓްރޯލް ޝެޑެއް ތަރައްޤީކޮށް ހިންގުމަށް ބިންކުއްޔަށް ދިނުމަށް އެކުލަވާލައްވާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ އުޞޫލްތަކާއި އެއްގޮތަށް ޕެޓްރޯލް ޝެޑެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯއްދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކުރުމަށް ޝައުވެރިވާ ފަރާތްތަކުން 24 ޖޫން 2025 ވަނަ ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކަނޑައެޅިފައިވާ ތާރީޙަށް ބިޑްގައި ބައިވެރިވުމަށްއެދި މިކައުންސިލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މިކަމަށް އެދި ހުށަހެޅޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ 100 ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މި އިޢުލާނާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 03 ޖުލައި 2025 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި، މިކަމަށް އެދި ހުށަހަޅާ ހުރިހާ ފަރާތެއްގެ އެއް ޙާޟިރުގައި ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 24 ޖޫން 2025 ވަނަ ދުވަހުގެ 11:00 ގެ ކުރިން މޮބައިލް ނަންބަރ 7992129/9650005 އަށް ގުޅައިގެން ނުވަތަ މިކައުންސިލްގެ އީ-މެއިލް [email protected]    އަށް މެއިލްކޮށްގެން މައުލޫމާތޫ ސާފުކުރުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

15 ޖޫން 2025