މަސައްކަތް
ނަންބަރު: GS-125/IUL/2025/10
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 29 ޖޫން 2025 10:00
އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ސްޓާފްރޫމްގެ ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަނގޮޅިތީމު ސްކޫލު  

ރ.އަނގޮޅިތީމު، ދިވެހިރާއްޖެ                       

ސްޓާފްރޫމްގެ ފާޚާނާއެއް އިމާރާތްކުރުމާއި ގުޅޭ

ސްޓާފްރޫމްގެ ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލުގެ ސްޓާފްރޫމްގެ ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 15 ޖޫން 2025 އިން 18 ޖޫން 2025 ވާ ބުދަ ދުވަހުގެ  13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ސްކޫލު އޮފީހަށް ނުވަތަ މިއީމެއިލް މެދުވެރިކޮށް [email protected] ހުށަހެޅުއްވުން އެދެމެވެ.
  3. މި ޚިދުމަތް ފޯރުކޮށްދިނުމަށް އެދި ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  4. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެކެވެ.
  5. ބީލަން ފޮތް 2025 ޖޫން 16ވާ ހޯމަ ދުވަހުން ފެށިގެން( 8:30ން 13:00 )އާއިދެމެދު ސްކޫލު އިދާރާއިން ލިބެން ހުންނާނެއެވެ.
  6. މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
  7. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަނގޮޅިތީމު ސްކޫލު

18 ޖޫން 2025 

ބުދަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

އަނގޮޅިތީމު ސްކޫލު

29 ޖޫން 2025 

އާދިއްތަ

10:00

15 ޖޫން 2025

15 ޖޫން 2025