ދިވެހިރާއްޖެ
މަސައްކަތް
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
(IUL)25-A4/25/2025/10:ނަންބަރު
މިނިސްޓްރީގެ ލިފްޓް މެއިންޓެނަންސް އާ ގުޅޭ
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީ ހިންގަމުންދާ ޢިމާރާތް ކަމުގައިވާ ފަތުޙުﷲ ޖަމީލް ބިލްޑިންގް ގެ ލިފްޓްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކުރާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަތަކެއްޗާއި ވަޞީލަތް ބޭނުންކޮށްގެން މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވަޑައިގަންނަވާ ފަރާތްތަކުން 23 ޖޫން 2025 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ސަބްމިޝަން ފޯރމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ ޕްރޮކިޔުމަންޓްގެ މެއިލްއަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.
15 ޖޫން 2025