ބީލަން
                	
                ނަންބަރު: (IUL)FAH-A-1/FAH/2025/42
                    ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2025
                    ޕަބްލިޝްކުރި ގަޑި:  14:39
                                            ސުންގަޑި: 
                            17 ޖޫން 2025 12:00
                        
                    
                ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ ޢިމާރާތާއި ގޯތީގެ ކުނިކަހައި ފޮޅާ ސާފުކުރާނެފަރާތެއް ހޯދުން
                                އިޢުލާން
މިހޮސްޕިޓަލުގެ އިމާރާތާއި ގޯތީގެ ކުނިކަހައި ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލުގެ އިމާރާތާއި ގޯތީގެ ކުނިކަހައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)FAH-A-1/FAH/2025/39: އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކާއި މައުލޫމާތު ޝީޓުގެ ބައެއް މައުލޫމަތުތައް ފުރިހަމަނުވާތީ، އެއިއުލާނު ބާތިލްކޮށް މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، 2025 ޖޫން 17 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ. "ރަޖިސްޓްރޭޝަން ފޯމް" ގެޒެޓް ކުރެވިފައިވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ "ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ހޮސްޕިޓަލަށް ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. މެއިލް ކުރައްވާނަމަ މިހޮސްޕިޓަލްގެ [email protected] އަށް މެއިލް ކުރުމަށްފަހު މިހޮސްޕިޓަލަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.
 - ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2025 ޖޫން 25 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ.އަތޮޅު ހޮސްޕިޓަލް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
 - ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން މިބީލަމާގުޅޭ މަޢުލޫމާތުތައް މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. މަޢުލޫމާތު ކަރުދާސް ގެޒެޓް ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
 - މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6740050 / 9630454 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
 
                12 ޖޫން 2025