ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (I)288/2025/061
                    ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2025
                    ޕަބްލިޝްކުރި ގަޑި:  14:09
                                            ސުންގަޑި: 
                            13 ޖޫން 2025 12:00
                        
                    
                މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އަލްމަރުޙޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށްދެންނެވުން
                                އިސްލާމިކަންތައްތަކާ ބެހޭ ވުޒާރާއިން 2025 ޖޫން 11 ވަނަ ދުވަހު ފޮނުވާފައިވާ ނަންބަރު 142-BI/CIR/2025/8 ސަރކިއުލަރ އާއި ހަވާލާދީ ދަންނަވަމެވެ.
ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ އަލްމަރުޙޫމް ފަޟީލަތުއްޝައިޚް އިބްރާޙީމް ފަރީދު 2025 ޖޫން 09 ވަނަ ދުވަހުގެ ރޭ މެލޭޝިއާގައި ވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވާފައެވެ. މި މަރުޙޫމުގެ މައްޗަށް 2025 ޖޫން 13 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޣައިބަށް ކަށުނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މާދަމާ 2025 ޖޫން 13 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު، އަލްމަރުޙޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެވިގެން ދާނެ ވާހަކަ ދަންނަވަމެވެ.
                12 ޖޫން 2025