ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2025/130
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:33
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަކެތި ނެގުމުގެ އުޞޫލް ޢާއްމުކުރުން
އިޢުލާނު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2010/7) ން ތުޅާދޫ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އާންމުކޮށްފައިވާ "އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2024/R-66) ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވައި ލާފައިވާ އުޞޫލު "އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމުގެ އުޞޫލު" މި އިޢުލާނާ އެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
12 ޖޫން 2025