ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2025/77
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 23 ޖޫން 2025 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަން ޕްރޮފެސަަރ- ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް

މަޤާމު:

 އެސިސްޓަންޓް ޕްރޮފެސަރ

ބޭނުންވާ އަދަދު:

 1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް

މަޤާމުގެ ރޭންކް:

 10

ހަރުފަތް:

 1

އަސާސީ މުސާރަ:

 މަހަކު  21432.00 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު  12275.00  ރުފިޔާ

ހާޒިރީ އިނާޔަތް:

 332.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

 ދާއިމީ

އިނާޔަޔްތައް:

ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ސްޓާރފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް

ސްޓާފް ޖިމް ފެސިލިޓީ

ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް

ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

 1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 އަދި ލެވަލް 9 އަދި ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަސައްކަތާ ގުޅޭ ދާއިރާގައި ލެވެލް 9 ގެ ސަނަދު ހާސިލުކުރުމަށްފަހު 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި؛

 2. ޕިއާރ ރިވިއުޑް ރިސަރޗް ޖާނަލްއެއްގައި މަދުވެގެން 3 އާޓިކަލް ޝާއިޢުކޮށްފައިވުން

 

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން،  ރިސަރޗް

 

ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، އެޑިއުކޭޝަން، ރިސަރޗް،އިންސްޓަރަކްޗަރަލް ޓެކްނޮލޮޖީ، އިންސްޓަރަކްޗަރަލް ޑިޒައިން، އީ- ލާރނިންގް އެންޑް ޓެކްނޮލޮޖީ އެނޭބަލްޑް ލާރނިންގް

 

ތަޢުލީމީ ރޮނގުތައް: އިންސްޓަރަކްޗަރަލް ޓެކްނޮލޮޖީ، އިންސްޓަރަކްޗަރަލް ޑިޒައިން، އީ- ލާރނިންގް އެންޑް ޓެކްނޮލޮޖީ އެނޭބަލްޑް ލާރނިންގ

 

ޕްރިފަރޑް ޑިސިޕްލިންތައް: އިންސްޓަރަކްޗަރަލް ޓެކްނޮލޮޖީ، އިންސްޓަރަކްޗަރަލް ޑިޒައިން، އީ- ލާރނިންގް އެންޑް ޓެކްނޮލޮޖީ އެނޭބަލްޑް ލާރނިންގ

 

ކޯ ޑިސިޕްލިންތައް: އިންސްޓަރަކްޗަރަލް ޓެކްނޮލޮޖީ، އިންސްޓަރަކްޗަރަލް ޑިޒައިން، އީ- ލާރނިންގް އެންޑް ޓެކްނޮލޮޖީ އެނޭބަލްޑް ލާރނިންގ

 

މަޤާމުގެ މަސްއޫލިއްޔަތު:

ކިޔަވާދިނުމާ ގުޅޭ މަސައްކަތް

1. ޔުނިވަރސިޓީ އިން ހިންގާ ކޯސްތަކާއި ވޯކްޝޮޕުތަކާއި ޕްރެކްޓިކަލްތަކުގެ ގަޑިތައް ހަވާލުކުރެވޭ ވޯކުލޯޑާއި ޑެލިވަރީ މޯޑާ އެއްގޮތަށް ނެގުން.

2. ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓްތަކާއި ޓިއުޓޯރިއަލްތައް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.

3. ކިޔަވައިދޭ މާއްދާތަކުގެ ސެޝަން ޕްލޭން ހެދުމާއި މެޓީރިއަލްތައް ތައްޔާރުކުރުމާއި އެއްތަންކުރުމާއި ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކޮށް ސެމެސްޓަރ ނިމުމުން ޑިޕާރޓްމަންޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކާއި ހަވާލުކުރުން

4. ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން

5. މުޤައްރަރާއި، ކޯހުގެ ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުމުގައި އިސްނަގާކުރުން 

6. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓްތައް ތައްޔާރުކޮށް ރިވިއުކޮށް، ޔުނިވަރސިޓީން / ފެކަލްޓީއިން ކަނޑައަޅާ ތާރީހުގެ ކުރިން ނިންމުން.

7. ހަވާލުކުރެވޭ އިމްތިހާނު ކަރުދާސްތަކާއި އެސެސްމެންޓްތައް ދެވިފައިވާ މުއްދަތުގައި މާކުކުރުމާއި މާކްސް މޮޑެރޭޓުކުރުމުގައި ބައިވެރިވުން އަދި ކަނޑައެޅިފައިވާ  ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.

8. ޑިޕާޓްމަންޓްގެ ފުލްޓައިމް ދާރިސުން ތައްޔާރުކުރާ އިމްތިޙާން ކަރުދާސްތަކާއި އެސެސްމަންޓްތައް ރިވިއުކުރުމަށް ހަވާލުކުރެވިއްޖެނަމަ އެކަން ކުރުން. 

 

އީ.ލާރނިންގް ކޯސް ފަރުމާކުރުމުގެ މަސައްކަތް    

1. ލާރނިންގ އިންސްޓްރަކްޝަނަލް ޑިޒައިން ތިއަރީތަކާއި، ޕްރެކްޓިސްތަކާއި، އުނގެނުން އުފެއްދުމަށް ބޭނުންކުރާ ގޮތްތަކުގެ އަލީގައި އެމުވައްޒަފަކަށް ހަވާލުކުރެވޭ މާއްދާތައް ސުޓޫޑަންޑް ސެންޓާރޑް ލާރނިނގް ގެ އުޞޫލްތަކާއި އެއްގޮތަށް ތަރައްޤީކުރުން.

2. ވަކިވަކި ދަރިވަރުންގެ ތަފާތު ބޭނުންތަކަށް ރިއާޔަތްކޮށް އުގެނުމުގައި ބޭނުންކުރެވިދާނޭ ވަޞީލަތްތައް ކަނޑައެޅުމުގައި އިސްނަގާ ހަރަކާތްތެރިވުން.

3. ފެކަލްޓީ ތަކުގައި މުރާޖާ ނުކުރާތާ ގިނަދުވަސްވެފައިވާ ކޯސްތައް، ޒަމާނީ އުސޫލްތަކަށް ބަދަލުކުރުމަށާއި، ދަރިވަރުން ބައިވެރިކޮށްގެން އުގަންނައި ދިނުމުގެ ގޮތްތަކަށް ބަދަލު ކުރުމުގައި އިސްނަގާ ހަރަކާތްތެރިވުން.

4. ޔުނިވަރސިޓީގައި ބޭނުންކުރާ އެލް.އެމް.އެސްގައި އުގެނުމަށާއި އުގަންނައިދިނުމަށް އެކަށޭނަ ފީޗާރސްތައް އަދި ބައިތައް ހިމެނިފައިވާކަން ކަށަވަރުކުރުން.

5. އެލްއެމްއެސްގައި ކޯހުގެ ކޮންޓެންޓް އަޕްލޯޑްކޮށް ބެލެހެއްޓުމަށް ފެކަލްޓީތަކަށް އެހީތެރިވުމާއި، އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރު ބެލުމުގައި އިސްނަގާ ހަރަކާތްތެރިވުން

6. އެލްއެމްއެސްގައި ހިމެނުމަށް ބޭނުނަވާ ވީޑިއޯ، ސިމިއުލޭޝަން، ރޯލް ޕްލޭ ފަދަ ތަކެތި ދެނެގަތުމާއި، ފެކަލްޓީތަކާއި ގުޅިގެން އެފަދަ ތަކެތި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި އިސްނަގައި މަސައްކަތް ކުރުން

7. އުގެނުމާއި އުގަންނައިދިނުމުގައި ފެންވަރު ބެލުމުގައި ބޭނުންކުރެވޭ ތަފާތު މިންގަނޑުތަކާއި ޓޫލްސްތަކާއި ގޮތްތައް ކަނޑައެޅުމުގައި ފެކަލްޓީތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމުގައި އިސްނެގުން

8. އެލްއެމްއެސް ބޭނުންކުރުން މޮނިޓަރކޮށް، އެސެސްކޮށް، އިވެލުއޭޓްކޮށް، އެލްއެމްއެސް ތަންފީޒުކުރުމުގައި ހުރި އުނިކަންކަން އަދި ހުރަސްތަށް ނައްތާލުމުގައި އިސްނަގާ މަސައްކަތް ކުރުން

 

ރިސަރޗް މަސައްކަތް

1. ދާއިރާ އާ ގުޅޭ ޤައުމާއި މުޖުތަމައަށް ބޭނުންވާ ޤައުމީ އަދި ބައިނަލް އަޤްވާމީ ދިރާސާތައް ޢަމަލީ ގޮތުން ކުރުން.

2. ފަރުދީ ގޮތުންނާއި ފަންނީ ގޮތުން އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިޢުކުރުން.

3. މަސައްކަތާއި ގުޅޭ ދާއިރާއިން ދިރާސާތައް ކުރުމާއި، ޕްރޮފެޝަނަލް ޖާނަލްތަކާއި، ފޮތްތަކާއި، ނުވަތަ އިލެކްޓްރޯނިކް މީޑިއާތަކުގައި ހޯދުންތައް ޝާއިޢުކުރުން.

4. އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ރިސާރޗް ނުވަތަ ޕްރޮޖެކްޓް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ތީސިސް އަދި ޑިޒަޓޭޝަން މާކުރުން އަދި ރިސާޗް ސެމިނާރ ނަގައިދިނުން.

 

އިދާރީ އަދި އެހެނިހެން މަސައްކަތް    

1. ކިޔަވައިދޭ މާއްދާތަކުގެ ދަރިވަރުންގެ ހާޒިރީގެ ރެކޯޑްތަކާއި، ގްރޭޑްތަކާއި، އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

2. ހަވާލުކުރެވޭ މާއްދާތަކުގެ މާކުސް ޝީޓުތައް ތައްޔާރުކޮށް މާކުސްތައް ސެލްފް ސާރވިސްއަށް އެޅުން.

3. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސް އަދި ލަރނިން މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރުން.

4. ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެހެން ފެކަލްޓީތަކުގެ ގުޅުންހުރި މުވައްޒަފުންނާއި ޤަވާއިދުން މުޢާމަލާތުކުރުމާއި ކުރެވޭ ސުވާލުތަކަށް ގަވާއިދުން ޖަވާބުދިނުމާއި ކިޔެވުމާގުޅޭ ކަންކަމުގައި މަޝްވަރާކުރުމަށް ވަގުތުދިނުން.

5. ޔުނިވަރސިޓީ، ފެކަލްޓީ އަދި ޑިޕާޓްމަންޓްގެ އެކިއެކި ކޮމިޓީތަކުގައާއި އެހެނިހެން ބައްދަލުވުންތަކުގައި އިސްނަގައި ބައިވެރިވުމާއި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.

6. ކިޔަވައިދިނުމާއި ހަވާލުކުރެވޭ ކޯސް ޑިޒައިން މަސައްކަތްތަކުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ އަދި އިޖުތިމާއީ ޙަރަކާތްތަކުގައި ބައިވެރިވުން.

7. ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އެކު މަސައްކަތްކުރުން.

8. "ކޯޑް އޮފް ކޮންޑަކްޓް" އާއި އެއްގޮތަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން.

10. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި ފެކަލްޓީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި މެނޭޖުމަންޓުން ކުރާ މަސައްކަތްތަކާއި ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއި އެހީތެރިވެދިނުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ޕާސްޕޯޓް ސައިޒް ފޮޓޯ

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް ހަދައިގެން.
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

-

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް - ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް

15

އިންޓަރވިއު

50

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމެންޓް އަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 23 ޖޫން 2025 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

 https://tinyurl.com/MNUHR-2025-77

 

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނީ 26 ޖޫން 2025 އާ 26   ޖުލައި 2025 އާ ދެމެދުއެވެ. އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ   ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން   ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން)

  • އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން  10 ދުވަހުގެ ތެރޭގައި ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (R2 ޝީޓް) ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ސްކްރީނިންގ ޝީޓު އަދި R2 ޝީޓް އާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ފޮނުއްވާނީ ޔުނިވަރސިޓީގެ އީ-މެއިލް[email protected]  އަށެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ. 
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިންޓަވިއުއަށް ހާޒިރު ވުމަށް ޝޯޓްލިސްޓް ކުރެވޭނީ މަގާމަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް މަރުޙަލާ ފުރިހަމަކުރާ ފަރާތްތަކަށެވެ. 
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345203 ނަމްބަރު ފޯނަށެވެ.
12 ޖޫން 2025