ބީލަން
ނަންބަރު: MWSC-L/3/ADV/2025/85
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 20:17
ސުންގަޑި: 15 ޖޫން 2025 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މާލެPS05 ، ހުޅުމާލެPS01 ، ގުޅީފަޅު PS01 އަދި ކ.މާފުށީ PS01 ގެ ސީއައުޓްފޯލް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން މާލެPS05، ހުޅުމާލެPS01، ގުޅީފަޅުPS01 އަދި ކ.މާފުށީPS01 ގެ ސީއައުޓްފޯލް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން އަދި ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން (GC01/GC02) ގްރޭޑް 07 ގެ ގިންތި އަށް ޝަރުތުހަމަވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.

 

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓް https://www.mwsc.com.mv/tenders މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކެވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 300.00ރ އެވެ. ބީލަމަށް ފައިސާ ބަލައިގަތުން އޮންނާނީ 12 ޖޫން 2025 އިން 15 ޖޫން 2025 އަށެވެ. މި ބީލަމުގެ މަސައްކަތާއި ބީލަން ހުށައެޅުމަށް ބޭނުންވާ އިތުރު މައުލޫމާތު އަންގައިދޭ ލިޔެކިޔުންތައް މިއިއުލާން އާއި އެކު ގެޒެޓްކުރެވިފައި ވާނެއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި، ބިޑަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 16 ޖޫން 2025 ވާ ދުވަހުގެ ރަސްމީގަޑީގައި އީމެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ޖޫން 2025 ވާ ދުވަހު 14:30 ގައި އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމާރ ސާރވިސް ބިލްޑިންގެ 6 ވަނަ ފަންގިފިލާގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 23 ޖޫން 2025 ވާ ދުވަހު 14:30 ގައެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 10,000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯރޑްކުރެވޭތާ 05 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

11 ޖޫން 2025