ޢާންމު މަޢުލޫމާތު
ނަންބަރު: 198-A/2025/58
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 18:34
ސުންގަޑި: 23 ޖޫން 2025 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު 

 މަޤާމު:

 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

 ބޭނުންވާ އަދަދު:

 1

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކު: 

 އެމް.އެސް 1

 މަޤާމުގެ   ކްލެސިފިކޭޝަން:

 ސީނިއަރ އޮފިސަރ ގްރޭޑް 1

 ވަޒީފާ އަދާކުރަން   ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

 މުސާރަ:

 -/5,610 ރުފިޔާ

 އެހެނިހެން އެލަވަންސް:

  • ޖުޑީޝަލް އެލަވަންސް: -/2,805.00 (އަސާސީ މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/2,000
  • ލިވިންގ އެލަވަންސް: -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޝަރުޢީދާއީރާގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް އެކަޑަމީ އިން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ރާވާ ހިންގުމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  • އެކަޑަމީ އިން ކުރިއަށް ގެންދާ އެކިއެކި ޕްރޮގްރާމްތަކުގެ ރެޖިސްޓްރޭޝަން މަސައްކަތްކުރުމާއި، ޕްރޮގްރާމްތަކާއި ގުޅިގެން ކޯޓްތަކާއި އަދި ބައިވެރިންނާއި ކުރަންޖެހޭ މުޢާމަލާތްކުރުން.
  • އެކަޑަމީގެ އެޑްވައިޒަރީ ބޯޑުގެ ސެކްރެޓޭރިއަޓް މަސައްކަތްކުރުން.
  • އެކަޑަމީއިން ރާއްޖެއާއި ރޭއްޖެއިން ބޭރުގެ މުއައްސަސާތަކާ އެކީ ކުރިއަށް ގެންދާ ޕާޓްނަރޝިޕްތަކުގެ ދަށުން ހިންގޭ އެކި އެކި ޕްރޮޤްރާމް ކޯޑިނޭޓްކުރުމުގައި އެހީތެރިވެދިނުން.
  • އެކެޑަމީގެ އަހަރީ ޓްރެއިނިންގ ކަލަންޑަރ ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކާއި ގުޅިގެން އެއްކުރުމާއި، ކަލަންޑަރ އެކުލަވާލެމުގައި އެހީތެރިކަން ފޯރުކޮށްދީ ކަލަންޑަރ އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން. 
  • ކޯޓުތަކުން އެދި ހުށަހަޅާ ތަފާތު ތަމްރީންތައް ހިންގުމުގައި އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
  • އެކެޑަމީގެ ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުން ހަރުދަނާކޮށް ފަސޭހަކުރުމަށްޓަކައި، އެކެޑެމީގެ އިސްވެރިޔާގެ ލަފާގެ މަތީން، ޓްރޭނިންގ ޕްރޮގްރާމްތަކާއި ގުޅޭ އެކި އެކި އެޑްމިނިސްޓްރޭޓިވް ގައިޑް ތައްޔާރުކުރުމާއި، އެކެޑަމީގެ މަސައްކަތްތަކާ ގުޅޭ ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތައް ޑްރާފްޓްކުރުން، އަދި އަފްޑޭޓް ކުރުން.
  • އެކަޑަމީ އިން ފަރުމާ ކުރަންޖެހޭ އެކި އެކި ޓްރެއިނިންގ މޮޑިއުލްތަކަށް ބޭނުންވާ ދިރާސާ ތައް ކުރިއަށް ގެންދިއުމާއި، އެމަޢުލޫމާތުގެ އަލީގައި، ރިޕޯޓް އެކުލަވާލުމުގެ މަސައްކަތްކުރުން.
  • އެކަޑަމީ އިން ކުރިއަށްގެންދާ ޓްރޭނިންގތަކާއި، ސެމިނަރ، ވަރކްޝޮޕް، ކޮންފެރެންސް އަދި ފޯރަމް ތަކުގެ އެންމެހާ އިދާރީ އިންތިޒާމްތައް ޑިޕަރޓްމަންޓުގެ އެހެނިހެން ސެކްޝަންތަކާއި ގުޅިގެން ކުރިޔަށް ގެންދިއުން.
  • އެކަޑަމީއިން ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕް އަދި ސެމިނަރ ފަދަ ހަރަކާތް ތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި އެހެނިހެން ތަމްރީންތަކުގެ ރެކޯޑް ބެލެހެއްޓުން.
  • އެކަޑަމީއިން ކުރިއަށްގެންދާ ޕްރޮގްރާމް ތަކުގެ މީޑިއާ ބްރީފް ތައްޔާރުކުރުމާއި، ސޯސަލް މީޑިއާގައި ޕޯސްޓްކުރުމަށް ބޭނުންވާ މަޢުލޫމާތު މީޑިއާ ސެކްޝަނަށް ފޯރުކޮށްދިނުން. 
  • އެކަޑަމީގެ މަސައްކަތަކާއި ގުޅިގެން އަންނަ އިންވޮއިސްތައް، އެއާއި ގުޅޭ ލިޔެކިޔުމާއިއެކު، ފައިނޭންސް ޔުނިޓަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ޕްރޮގްރާމް ނިމުމުން ކޯޓްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ކޯޓްތަކާއި ހިއްސާކުރުން.
  • އެކަޑަމީއިން ކުރާ ދަތުރުތަކުގެ ދަތުރު ރިޕޯޓް ތައްޔާރުކުރުން.
  • އެކަޑަމީގެ އަހަރީ ރިޕޯޓް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.
  • އެކަޑަމީއިން ބާއްވަ އެކިއެކި ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން، އަދި އެކެޑަމީއިން ބާއްވާ ބައްދަލުވުންތަކުގެ ދަފްތަރު ބެލެހެއްޓުން.
  • އެކެޑަމީއާ އެހެން މުވައްސަސާތަކާއެކު ގުޅުން ދެމެހެއްޓުމަށްޓަކައި ކުރެވޭ މަޝްވަރާތަކާއި އެމްއޯޔޫގެ ކަންކަމުގައި ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  • އެކެޑަމީއަށް ލިބޭ ލިޔެކިޔުންތައް ބަލައި، ސެކްޝަން ހެޑްގެ ލަފާގެ މަތިން ފިޔަވަޅު އެޅުމާއި، ޤަވާޢިދުން ލިޔުންތައް ދުވަހުން ދުވަހަށް ފައިލް ކުރުން.
  • އެކެޑަމީގެ ދުވަހު ޔައުމިއްޔާ ލިޔުން.
  • އެކެޑަމީގެ މަސައްކަތްތަކާ ގުޅޭ އެހެނިހެން އިދާރީ މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1-   މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ތަޢުލީމީ ރޮނގު

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް
  2. މެނޭޖްމަންޓް
  3. އެޑްމިނިސްޓްރޭޝަން / ބިޒްނަސް އެޑްމިނިސްޓްރޭޝަން
  4. ވަރކްފޯސް ޑިވެލޮޕްމަންޓް
  5. ބިހޭވިއަރަލް ސައިންސް
  6. ސޯޝަލް ސައިންސް

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް
  2. މެނޭޖްމަންޓް
  3. އެޑްމިނިސްޓްރޭޝަން / ބިޒްނަސް އެޑްމިނިސްޓްރޭޝަން
  4. ވަރކްފޯސް ޑިވެލޮޕްމަންޓް
  5. ބިހޭވިއަރަލް ސައިންސް
  6. ސޯޝަލް ސައިންސް

 

ޕްރިފަރޑް ޑިސިޕްލިންތައް:

ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ވަރކްފޯސް ޑިވެލޮޕްމަންޓް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ވަރކްފޯސް ޑިވެލޮޕްމަންޓް

ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

އެހެނިހެން ޝަރުޠު

ވަޒީފާއަށް އެދި ހުށަހަޅާއިރު: މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

.2 ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ ނުވަތަ (ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. ގާތްތިމާގެ މީހުން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ.

2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  www.judiciary.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

30

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖޫން 23 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 29 ޖޫން 2025 ން 18 ޖުލައި 2025 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް  (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341014 / 3340852 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

 
11 ޖޫން 2025