ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)289/289/2025/38
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 19 ޖޫން 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ލަންދޫ މަސްޖިދުލްލުބާބަށް 3 އޭސީ ޔުނިޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)289/289/2025/28 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރުން

މިރަށު ފިރިހެނުންގެ މިސްކިތް ''މަސްޖިދުލްލުބާބު'' ސީލިންގ ގައި ހަރުކުރުމަށް ބޭނުންވާ 3 އޭސީ ޔުނިޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، މިއިދާރާއިން ކުރި ނަންބަރު: (IUL)289/289/2025/28  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތާ އެއްގޮތަށް، މަސްޖިދުލްލުބާބަށް ބޭނުންވާ 3 އޭސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކާ އޮތް ފަރާތަކަށް ވެގެން ނުވާނެއެވެ.

ވީމާ، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 19 ޖޫން 2025  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވާ، އަދި ރެޖިސްޓްރޭޝަން ފީ ޓްރާންފާރ ސްލިޕް [email protected] ހުށަހެޅުއްވުން އެދެމެވެ. ރެޖިސްޓްރޭޝަންފީ -/500 ރުފިޔާ ޓްރާންސްފާރ ކުރައްވާނީ މިއިދާރާގެ ނަމްބަރ: 1329 ރެވެނިއު 1 ، އެކައުންޓް 7720700408001 އަށެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 00:11 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ، މިއިދާރާގެ ނަމްބަރު 6563759 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖޫން 2025