ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2025/47
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 19 ޖޫން 2025 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސާންތި ވިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން؛

 

                   

ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ސާންތިވިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް 01 ޖުލައި 2025 އިން 15 ޖުލައި 2025 އަށް، ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ 15 އަހަރުންމަތީގެ އަންހެން ބޭފުޅުން 19 ޖޫން 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުންއެދެމެވެ. ނުވަތަ މިކައުންސިލްގެ ވައިބަރ ނަންބަރު ( 7930016 ) އަށް އެބޭފުޅެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އުމުރު އަދި ފޯނު ނަންބަރު ޖައްސަވާ މެސެޖް ކުރެއްވުން އެދެމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަވާނީ މި ކޮމިޓީގެ މެމްބަރުންނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މަދުވެގެން 10 ބޭފުޅުން ބައިވެރިވާނަމައެވެ.

 

ގޫގުލް ފޯމްގެ ލިންކް: https://forms.gle/LeFs4bbqYRgnfqgCA

         

          ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ. 

                                 

                              15  ޛުލްހިއްޖާ  1446   

              

11 ޖޫން 2025