ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)93-A/93/2025/9
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 23 ޖޫން 2025 12:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ފައިނޭންސް ސަޕޯޓް އޮފިސަރ

ބޭނުންވާ އަދަދު: 1

މަޤާމުގެ ގިންތި :  ކޮންޓްރެކްޓް (ޕާޓްޓައިމް) ސްޓާފް

ޕުރޮޖެކްޓް ގެ ނަން : "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ ގެ ދަށުން ޔުނައިޓެޑް ނޭޝަން އެންވަޔަރުމެންޓް ޕުރޮގްރާމްއިން ރާއްޖޭގެ މޫސުމާބެހޭ އިދާރާއާއި ގުޅިގެން ހިންގާ އިންވެސްޓްމެންޓް ފޭސް"

މަސައްކަތް ކުރަން ޖެހޭ ތަން : ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގެ އޮފީސް.

އިނާޔަތް (މަހަކު) : 6،200 ރުފިޔާ.

އެހެނިހެން އިނާޔަތްތައް: ނެތް

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިއުންތައް:

  1. މި މަޤާމަށް އެދި ހުށަހަޅާ ސިޓީ ( ޕުރޮޖެކްޓްގެ ނަމާމާއި ކުރިމަތިލާ މަޤާމު އެނގޭނެހެން)
  2. ހުށަހަޅާ ފަރާތުގެ ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު (ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް އަދި ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަޢުލޫމާތުވެސް ހިމެނޭގޮތަށް)،
  3. ލިބިފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓިފިކެޓުގެ ކޮޕީ ( ރާއްޖޭއިންބޭރުގެ ސެޓްފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅާ ތައްގަޑު ޖަހާފައިވާ ކޮޕީ )
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ،
  5. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ،
  6. އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ މައިގަނޑު މަސައްކަތް ކުރަމުން މި މަޤާމުގެ އިތުރު މަސްއޫލިއްޔަތު އަދާކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް އޮފީހުން ދީފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތް: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2025 ޖޫން 23 ވަނަ ދުވަހު 1200ގ ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected]  އަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ. މި މަޤާމަށް 10 މީހުންނަށް ވުރެން ގިނައިން ކުރިމަތިލައިފިނަމަ ހުށަހަޅާފައިވާ ލިޔެކިއުންތަކަށްބަލައި ޝޯޓްލިސްޓްކޮށް އިންޓަވިއުއަށް ދަޢުވަތުދެވޭނީ އެންމެރަނގަޅު 10 މީހުންނަށެވެ.

އިންޓަވިއު : މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 ޖޫން 29 އާއި ޖުލައި 03 ވަނަދުވަހާއި ދެމެދުގެ ދުވަހެއްގައި ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިއޮފީހުގެ 3037215  ނުވަތަ  3037225 ނަމްބަރ އަށެވެ. ނުވަތަ މި އޮފީހުގެ އީމެއިލް [email protected]    އީމެއިލް އަށެވެ.

  

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އަށް ލިބިގެންވެއެވެ.

11 ޖޫން 2025