ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-CSO(HR)/1/2025/54
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 17 ޖޫން 2025 13:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އެސިސްޓެންޓް (ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ގާބިލު މީހުންނެވެ.

މަގާމުގެ ނަން:

ސީނިއަރ ހިއުމަން ރިސޯސް އެސިސްޓެންޓް (ކޮންޓްރެކްޓް)

ރޭންކް:

ޖީ.އެސް. 4

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ކޯޕަރޭޓް ސަރވިސް އޮފީސް/ ހިއުމަން ރިސޯސް އެންޑް ޕަރފޯމަންސް މެނެޖްމަންޓް ސެކްޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

ކޮންޓްރެކްޓް މުއްދަތު:

10 މަސްދުވަސް (މުސާރަ ނުލިބޭ ޗުއްޓީގައި ހުންނަ މުވައްޒަފު ޗުއްޓީ ނިމޭ ދުވަހާ ހަމައަށް)

އަސާސީ މުސާރަ:

5,020.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,500.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

2,259.00 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުތު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓްފިކެޓް 2) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓްފިކެޓް 3) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމުތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.

- ޓްރޭނިންގ، ވަރކްޝޮޕް އަދި މުވައްޒަފުން ތަމްރީނުކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ވީއްލުމާގުޅޭގޮތުން އޮފީހަށް އަންނަ ސިޓީ / ނޯޓުތަކަށް ޖަވާބު ފޮނުވުމުގެ މަސައްކަތްކުރުން.

- މަސައްކަތްތަކާއި ގުޅިގެން ބަލަހައްޓަންޖެހޭ ފައިލުތައް އަޕްޑޭޓްކޮށް ބެހެއްޓުމާއި، ޔުނިޓުގެ މައްސަލަތަކާއި ގުޅިގެން އަންނަ ސިޓީ/ ނޯޓުތަކަށް ޖަވާބުދިނުމާއި އިދާރީ ގޮތުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

- ޔުނިޓުން ޔައުމިއްޔާ ޕްރޮގްރާމަށް އަޅަންޖެހޭ މައުލޫމާތުތައް އެޅުމުގެ މަސައްކަތްކުރުމާއި އަހަރު ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެޅުމުގެ މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".

ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

ނ. ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓްފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓުފިޔަވައި ހުރިހާ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.

ޅ. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ.

އިތުރު މައުލޫމާތު:

މި ވަޒީފާއަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 ޖޫން 17 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމޭލު [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ވަޒީފާއަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

11 ޖޫން 2025