ދިވެހިރާއްޖެ
ޤައުމީ މުބާރާތުގައި ބައިވެރިވާ ދ.އަތޮޅުގެ ބައިވެރިން ކަނޑައެޅުމަށް ކުރިޔަށްގެންދާ ދ.އަތޮޅު ޤުރްއާން މުބާރާތަށް ބައިވެރިން ހޮވުމަށް ބާއްވާ ކުޑަހުވަދޫގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މިމުބާރާތުގެ ބައިވެރިންގެ ލިސްޓް 2025 ޖޫން 16 ވަނަ ދުވަހު ފޮނުވުމަށް ހަމަޖެހިފައިވާތީ، 2025 ޖޫން 14 ވަނަ ދުވަހު ކުޑަހުވަދޫގެ އޮޑިޝަން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ އޮޑިޝަންގައި ބައިވެރިވާންއެދޭ އެންމެހާ ބައިވެރިން 2025 ޖޫން 13 ވަނަ ދުވަހުގެ 18:00 ގެކުރިން ފޯމް ފުރުއްވާ ހުށައެޅުއްވުން އެދެމެވެ. ބައިވެރިން އޮޑިޝަންއަށް ހާޒިރުވާންޖެހޭ ގަޑި ވަކިން ބައިވެރިންނަށް އެންގޭނެއެވެ. މުބާރާތުގައި ބައިވެރިވާނީ، ގޫގުލް ފޯމް ފުރާ ހުށައަޅައިގެންނެވެ. ފޯމް މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި މުބާރާތުގެ މުޤައްރަރަކީ، ދ.އަތޮޅު ޤުރްއާން މުބާރާތުގެ މުޤައްރަރެވެ. އޮޑިޝަން އޮންނާނީ، 2025 ޖޫން 14 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސްހޯލްގައެވެ.
ބައިވެރިވާން އެދޭ ފޯމުގެ ލިންކް: https://forms.gle/saXKNTiubsTrPRkU8
މުބާރާތުގެ ޤަވާއިދުގެ ލިންކް: https://drive.google.com/file/d/1RzyOQzsUNHTh4KPYoaYmbTIdA3nRcqyH/view?usp=sharing