މަސައްކަތް
ނަންބަރު: (IUL)450-CA/450/2025/26
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 19 ޖޫން 2025 10:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ތަމްރީނު ޕުރޮގުރާމްގެ ކޭޓަރިންގ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި އޮތޯރިޓީގެ ފަރާތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގެވެށި އަނިޔާ އާއި ގުޅުންހުރި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ތަމްރީނު ޕުރޮގުރާމްގެ ކޭޓަރިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

އިތުރު މަޢުލޫމާތުސާފުކުރުން

  • މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2025 ޖޫން 17 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

  • މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
    • ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޚާއި ގަޑި: 2025 ޖޫން 19 ވަނަ ދުވަހުގެ 10:00 އަށް.
    • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ)
  • އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
  • ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
  • ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
11 ޖޫން 2025