މަސައްކަތް
ނަންބަރު: (IUL)321-A/321/2025/122
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 21:27
ސުންގަޑި: 17 ޖޫން 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކައުންސިލްގެ 13 ވަނަ ޤުރުއާން މުބާރާތުގައި ފަނޑިޔާރުކަންކޮށްދޭނެ ފަނޑިޔާރުންގެ ޕެނެލް އެކުލަވާލުމާ ގުޅޭ

އިޢުލާނު

       މި އަހަރުގެ ޖުލައި މަހުގެ 03 ން 05 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ތުޅާދޫ ކައުންސިލްގެ ޤުރްއާން މުބާރާތަށް އިންސާފުކޮށްދޭނެ 03 ފަނޑިޔާރުން ޕެނެލްއެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދިނުމަށް، ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން، 2025 ޖޫން 17 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީ. މެއިލްގެ ޛަރީއާއިން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މިއިދާރާގެ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

       މިގޮތުން ކޯޓޭޝަން ހުށައަޅުއްވަންވާނީ 03 ފަނޑިޔާރުން ހިމެނޭ ގޮތަށެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަނާއެކު ފަނޑިޔާރުންގެ ޕްރޮފައިލްއެއް ހުށަހެޅުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މުބާރާތުގައި އިންސާފުކޮށްދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކަކީ، ޤުރްއާން މުދައްރިސްކަމުގެ ދާއިރާއިން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. މި މަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު: 6600006 އާއި ގުޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއެކު އަގުބަލާ ފޯރމް އެއްޙީރަސް ކުރެވިފައިވާނެއެވެ.

       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިއުލާނު ކުރީމެވެ.

10 ޖޫން 2025