ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)369/369/2025/58
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި:
12 ޖޫން 2025 10:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މ.މަޑުއްވަރީ ދަތުރުވެރީންގެ ހިޔާ އިމާރާތުން ބަނދަރަށް ކަރަންޓް ދޫކުރުމުގެ އުޞޫލުގެ ޑްރާފްޓަށް ޚިޔާލާއި ކޮމެންޓްކުރުމުގެ ފުރުޞަތު ހުޅުވާލުން
12 ޖޫން 2025 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މ.މަޑުއްވަރީ ކައުންސިލްގެ 172 ވަނަ އާންމު ބައްދަލުވުމުގައި މ.މަޑުއްވަރީ ދަތުރުވެރީންގެ ހިޔާ އިމާރާތުން ބަނދަރަށް ކަރަންޓް ދޫކުރުމުގެ އުޞޫލު ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އުޞޫލު ފާސްކުރުމުގެ ކުރިން މި އުޞޫލަށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ބޭނުންވާތީ ، މި އިޢުލާނާއެކު އާންމުކޮށްފައިވާ އެ އުޞޫލުގެ ޑްރާފްޓަށް ޚިޔާލާއި ކޮމެންޓްކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ ، މި އުޞޫލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 12 ޖޫން 2025 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 ގެ ކުރިން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދި ދެންނެވީމެވެ.
14 ޛުލްޙިއްޖާ 1446
10 ޖޫން 2025