ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ 8 އޭސީ ސާރވިސް ކޮށްދީ އަދި 3 އޭސީ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ބަދަލުކުރާ 3 އޭސީ މިކައުންސިލުގެ ފަރާތުން ފޯރުކޮށްދެވޭނެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖޫން 17 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ކޮޓޭޝަން ހުށައެޅުން އެދެމެވެ. ކޮޓޭޝަންގައި މަސައްކަތްކޮށް ނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ. އަދި ކޮޓޭޝަން ހުށައަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަނާއެކު ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޮޓޭޝަން ހުށައަޅާ ފަރާތްތަކުން އީމެއިލް ކުރައްވާނީ ތިރީގައި ދީފައިވާ އީމެއިލް އެޑްރެހަށެވެ.
އީމެއިލް: [email protected]
މިމަސައްކަތަށް ހޮވޭ ފަރާތް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނީ ތިރީގައިވާ މިންގަނޑު ތަކަށެވެ.
މާކްސް ދެވޭ ދާއިރާ |
ދެވޭ މާކްސްގެ އިންސައްތަ |
މާކްސް ދެވޭ ގޮތުގެ ތަފްސީލް |
ހުށައަޅާ އަގު |
60% |
|
ހުށައަޅާ މުއްދަތު |
40% |
|
ޖުމްލަ |
100% |
|
މިމަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މިއިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.
މިހެން މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.