ނީލަން
ނަންބަރު: (IUL)179-3.3/179/2025/7
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 19 ޖޫން 2025 15:15
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ނީލަން ކިޔުން

މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ކޮމްޕިއުޓަރާއި ފަރުނީޗަރު ފަދަ ތަކެތި) 19 ޖޫން 2025 ވާ  ބުރާސްފަތި ދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން އޮންނަ ތަން:      

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މއ.އުތުރުވެހި/ 5 ވަނަ ފަންގިފިލާ

ކެނެރީ މަގު/ ކ.މާލެ

މުދާ ބެލޭނެ އިންތިޒާމް

ނީލަމުގައި ވިއްކާ މުދާ ބެލޭނެ އިންތިޒާމް 19 ޖޫން 2025 ވާ  ބުރާސްފަތި ދުވަހު  15:15 ގައި އޮންނާނެއެވެ.

ނީލަން ގަޑި:

15:30 (19 ޖޫން 2025 ވާ  ބުރާސްފަތި)

ފައިސާ ދެއްކުން:

ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދައްކަންވާނެއެވެ.

މުދާ ގެންދިއުން:

ނީލަމުން ނަގާ މުދާ، ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ 15:00 ގެ ކުރިން އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާނުލާ ނައްތާލެވޭނެއެވެ.

އިތުރު މަޢުލޫމާތު:

 

- މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

- މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު (ލިސްޓް 1) އެއްކަރުދާސް ކުރެވިފައިވާނެއެވެ.

-ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

- މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

-----------------------------------------

 

 

 

10 ޖޫން 2025