މަސައްކަތް
ނަންބަރު: GS191/IUL/2025/03
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި: 18 ޖޫން 2025 12:00
މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އަމިއްލަ ތަކެތީގައި މި ސްކޫލްގެ 3 ކުލާސް ރޫމް  އިމާރާތުގެ ދިޔަދޮވި އަދި ކުކުޅުވަހި ކޮޅުގެ ނަލަފިލާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 25 މެއި 2025 ވަނަ ދުވަހު ކުރެވުނު އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީވެ، އަލުން އިއުލާން ކުރަމެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް 10 ޖޫން 2025 އިން 18 ޖޫން 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ މައުލޫމާތު ހިމަނަން ވާނެއެވެ.

  • މައުލޫމާތު ސާފުކުރާފަރާތުގެ ނަން
  • ރަޖިސްޓްރީ ނަމްބަރ
  • އީމެއިލް އެޑްރެސް
  • ގުޅޭނެ މޯބައިލް ނަމްބަރު
  1. ބީލަމުގައި ބައިވެރިވެވޭނެ ފަރާތްތަކާއި ބެހޭ މަޢުލޫމާތު މި ޢިއުލާނާއި އެއްކަރުދާސްކުރެވިފައިވާ ބީލަން ފޮތުގެ ސެކްޝަން 02 ގެ 02 ވަނަ ނުކުތާގެ (ހ) ގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މި ޕްރޮޖެޓްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޖޫން 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  3. މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 18 ޖޫން 2025 ވަނަ ދުވަހުގެ 14:00 ގައި މި ސްކޫލުގެ އޮފީހުގައެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 19 ޖޫން 2025 ވަނަ ދުވަހުގެ 14:00 ގައި މި ސްކޫލްގެ އޮފީހުގައެވެ.
  5. މި މަސައްކަތާއި ގުޅޭ ބީލަން ފޮތް މި ޢިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 

މުކުރިމަގު ސްކޫލް

ސޯސަން މަގު، ލ.ގަން، ދިވެހިރާއްޖެ

ފޯން: 7970739

މެއިލް އެޑްރެސް: [email protected]

10 ޖޫން 2025