ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަސައްކަތް ކުރުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް
01- ކައުންސިލްގެ އިދާރާގެ ފާޚާނާގެ މަތީޝީޓް ތަޅައި ނެގުމަށްފަހު އަލުން އެތާނގައި ކޮންކްރީޓް ޝީޓެއް އެޅުން.
02- ފާޚާނާގެ ފާރުތަކުގެ މަތީކައިރި ލެވެލް ކުރުމަށްފަހު 6x6 އިންޗީގެ ބީމެއް އެޅުން
03- ފާޚާނާގެ އެތެރެއާއި ބޭރުގެ ފާރުތަކުން ކަނޑައިގެންގޮސްފައިވާ ތަންތަން ކެމިކަލް އަޅައިގެން ބައްދައިދިނުން.
04- ފާޚާނާގެ އެތެރެއާއި ބޭރުގައި ކުލައާއި ދަވާދުލުން
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
2. ކޮމްޕެނީ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް
- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
 - ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.
 
އަގު ހުށަހެޅުން
1. އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގުގެ އިތުރުން ކޮންމެ މަސައްކަތަކަށް ވަކިން އަގު އެނގޭގޮތަށެވެ.
2. މާކްސް ދެވޭގޮތުގެ ތަފްސީލު:
| 
 މާކްސް ދެވޭނެ ކްރައިޓީރިއާ  | 
 މާކްސް ދެވޭގޮތް  | 
 ތަފުސީލު  | 
| 
 އަގު  | 
 70%  | 
  | 
| 
 މުއްދަތަށް  | 
 20%  | 
  | 
| 
 ތަޖުރިބާ  | 
10% | 
  | 
19 ޛުލްޤަޢިދާ 1436