ދިވެހިރާއްޖެ
ވޭތުވެދިޔަ އަހަރުތަކުގައި އީދުގެ ހަރަކާތްތައް ހިނގާފައިވާ ގޮތަގެ ތަޖުރިބާއަށް ބަލާ މިއަހަރުގެ އަޟްޙާ އީދުގައި ކުޅިވަރު ކުޅޭ ސަރަހައްދުތަކާ މަގުތަކުގައި ފެންޖެހުމާއި ކުލަޖެހުމުގައި ޢާންމު އިޖުތިމާޢީ މިންގަނޑެއް އެކުލަވާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މިއިޢުލާނާއެކު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެންމެހާ ރައްޔިތުންވެސް އީދުގެ މުނާސަބަތުގެ ތެރެއިން ފެންޖެހުމާއި ކުލަޖެހުމުގެ ހަރަކާތް ކުރިއަށް ގެންގޮސްދެއްވުން އެދެމެވެ.
މީގެ އިތުރުންވެސް އަޟްހާ އީދުގެ ހަަރަކާތްތައް ވީހާވެސް އަމާން އޮމާންކަމާއި އެކުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުން އެދެމެވެ.
އަޟްޙާ އީދުގެ މުނާސަބަތުގައި ފެންޖެހުމާއި ކުލަ ޖެހުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން
- އަޟްޙާ އީދު ހަރަކާތްތަކުގައި ޚާއްސަކޮށްފައިވާ ދުވަހާއި ވަގުތުގައި ފިޔަވައި އެހެނިހެން ދުވަސްތަކާ ވަގުތުތަކުގައި ފެންޖެހުމާއި ކުލަޖެހުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުން
- ޢިމާރާތްތަކާއި، ގޭބިސީތަކާއި ރައްޔިތުންގެ މުދަލަށް ފެނާއި ކުލަ ނުޖެހުން
- ފެނާއި ކުލަ ފިޔަވައި ތެޔޮ، ކަޅުތެޔޮ، ފިއްލެޔޮ، ދަވާދު، ފަދަ މިނޫންވެސް ފެންޖެހުމުގެ ހަރަކާތުގައި މީހަކަށް އަނިޔާއެއް ވެދާނެފަދަ ޒާތުގެ އެއްވެސް އެއްޗެއް ބޭނުންނުކުރުން
- އެއްގަމު އުޅަނދުތަކުގައި ދުއްވާފައި އުޅުއްވާ ފަރާތްތަކަށް އަމާޒުކޮށް ކުލަޔާއި ފެން ނުޖެހުން
- އެކި ރަށްރަށުން މެހުމާނުންގެ ގޮތުގައި ވަޑައިގެން އުޅުއްވާ އެއްވެސް ފަރާތެއްގެ ރުހުމަކާއި ނުލާ އެބޭފުޅުންނަށް އަމާޒުކޮށް ފެނާއި ކުލަ ނުޖެހުން
- ފެންޖެހުމާއި ކުލަޖެހުމުގެ ހަރަކާތުގެ ތެރެއިން ސައިކަލާއި ކާރުފަދަ އުޅަނދުތަކުގަައި އެކި ތަންތަނަށް ގޮސް ނުވަތަ އެކި މީސްމީހުންގެ ފަހަތުން ފަހާ ދުއްވައިގެން ފެންޖެހުމާއި ކުލަޖެހުން ފަދަ ކަންކަން ނުކުރުން
- ކުޑަކުދިންނާއި އަންހެން ބޭފުޅުންގެ ގަޔަށް ފެންޖެހުމާއި ކުލަޖެހުމުގައި އެފަރާތްތަކުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން
- ފެންޖެހުމާއި ކުލަޖެހުމުގެ ހަރަކާތުގެ ތެރެއިން އިޖުތިމާޢީ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުން
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
08 ޛުލްޙިއްޖާ 1446