ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2025/100
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 18:35
ސުންގަޑި: 10 ޖޫން 2025 00:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިފޫހި ފިލުވުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުމާ ގުޅޭ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތައް ނުވަތަ ސްޕޯޓް ފިޝިންގ ގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޖުލައި މަހުގެ 7 ވަނަ ދުވަހު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން މާލޭގައި މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ މަޤުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމެވެ. ބައްދަލުވުމުގެ ބައިވެރިންގެ ދަތުރުފަތުރާއި، ހުރުމާއި، ކެއުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސައިދެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މި މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ ކުރިން މި ފޯމު < https://tinyurl.com/msnez445> ފުރިހަމަކުރެއްވުމަށް އެދި ދަންނަވަމެވެ. ބައިވެރިންނަށް އިސްކަންދެވޭނީ ޖާގަ އޮތް މިންވަރަކުން، ފޯމު ފުރިހަމަކުރައްވާ ތަރުތީބުންނެވެ. މިކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ ނަންބަރު 3339229 އަށް ގުޅުއްވުން އެދެމެވެ.

04 ޖޫން 2025