ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2025/151
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 15:52
ސުންގަޑި: 16 ޖޫން 2025 13:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ / ޅ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ / ޅ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ

މަޤާމްގެ ނަންބަރު:

J-344603

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ  

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޅ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ޔުނިޓް

މުސާރަ:

 7,035.00ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900ރުފިޔާ.  
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35% އަށްވާ 2462.25ފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ އިދާރީ ހިންގުމުގެ އެންމެހައި މަސައްކަތްތައް ތަނުގެ އެންމެ އިސްވެރިންނާއި ގުޅިގެން ކުރުން.
  • ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޔުނިޓްގެ މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުން.
  • ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމުގެ އެންމެހައި ކަންކަން އިންތިޒާމްކުރުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.
  • ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރކޮށް އެޕްރައިޒަލް ފޯވަހިތެރޭގައި އެ މުވައްޒަފުންގެ އެޕްރައިޒަލް ފުރައި ނިންމުމާއި، ސިވިލް ސަރވިސްގެ ގަވާޢިދުގެ ދަށުން މަސައްކަތްތައް ރިވިއުކުރުން.
  • ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ބަޖެޓު ބެލެހެއްޓުމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކުރެވެމުންދާކަން ކަށަވަރުކުރުން.
  • ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ހޯދަންޖެހޭ އެންމެހާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިދާރާގެ އިންވެންޓްރި އަދި ސްޓޮކް އިސްކޮށް ބެލެހެއްޓުން.
  • ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާ އިމާރާތް ބެލެހެއްޓުމާއި މެއިންޓަނަންސް މަސައްކަތްތައް ހިންގާ ބެލެހެއްޓުން
  • ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުން ހުށައަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި ހުށައަޅަންޖެހޭ މުއްދަތުގައި ކަމާ ގުޅުންހުރި ފަރާތްތަކަށް ފޮނުވާކަން ކަށަވަރުކުރުން.
  • އެކި އެކި ފަރާތްތަކުން ހަދާ މޮނިޓަރިންގް، ސުޕަވިޝަން އަދި އޮޑިޓް ދަތުރުތަކުގައި ފާހަގަކުރާ މައްސަލަތައް އިސްލާހްކުރުމުގެ މަސައްކަތް އިސްކޮށް ބެލެހެއްޓުމާއި އިދާރާ ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  • ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު އެންމެ އިސްވެރިއެއް ނެތް ދުވަސްތަކުގައި މިނިސްޓްރީގެ އިރުޝާދުގެ މަތިން ޤަވާއިދުން ހިންގުމުގެ ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެ ލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   Preferred
  • ބިޒްނަސް މެނޭޖްމަންޓް   Preferred
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   Preferred

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   

  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. 5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. 6.      މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16  ޖޫން 2025 ގެ 13:00 ގެ ކުރިން ޅ.ފެމިލީ އެންޑް ޗިލްޑްރެން ސަރިވިސް ސެންޓަރއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] )މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު/އިމްތިހާން އޮންނާނީ،17 ޖޫން 2025 އާއި 17  ޖުލައި 2025 އާ ދެމެދު، ޅ.ފެމިލީ އެންޑް ޗިލްޑްރެން ސަރިވިސް ސެންޓަރގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 ޖޫން 2025