ބީލަން
ނަންބަރު: (IUL)367-AS/367/2025/30
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 19:44
ސުންގަޑި: 17 ޖޫން 2025 11:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ކޮޅުފުށީގައި ތަރައްޤީކުރާ ޕިކްނިކް ބީޗްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މަޢުލޫމާތާއި އަދި ކުރެހުމާއި އެއްގޮތަށް މ.ކޮޅުފުށީގައި ތަރައްޤީކުރާ ޕިކްނިކް ބީޗްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާނެއެވެ. މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނާއެކު ހިމެނިފައިވާ ގޫގަލް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރެޖިސްޓްރޭޝަން ލިންކް : https://forms.gle/nRKFWsP5Vv6GYFqo6

     މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 17 ޖޫން 2025 (އަންގާރަ) ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

03 ޖޫން 2025